Advertisement

ހިފައިގަނެގެން އުޅުނު ދެ ފިރިހެނަކާއި ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް

03 Oct 2025 | 19:43
ހިފައިގަނެގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއަކުން ނަގާފައިވާ ފޮޓޯއެއް -

ހިޔާ ފްލެޓްތައް ސަރަހައްދުގައި ހިފައިގަނެގެން އުޅުނު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިއަދު ހަވީރު 05:07 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދު ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އެޗް7 ކައިރީގައި ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެނުނު ކަމަށެވެ.

Advertisement

"މި މައްސަލައާއި ގުޅިގެން ހަތަރު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެއީ 19 އަހަރުގެ އަންހެނަކާއި 18 އަހަރުގެ އަންހެނެއްގެ އިތުރުން 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ. އެ ހަތަރު މީހުންނަކީވެސް ދިވެހިން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް