Advertisement

އެމްއެމްއޭގެ ފިއުޗަރ ފައިނޭންސް މަޒުމޫނު މުބާރާތް: ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް ރަނުގެ ފުރުސަތެއް

30 Sep 2025 | 15:02
ފިއުޗަރ ފައިނޭންސް މަޒުމޫނު މުބާރާތް -

ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް ޚާއްސަކޮށްގެން މަރުކަރީ ބޭންކް، އެމްއެމްއޭއިން ފިއުޗަރފައިނޭންސް މަޒުމޫނު މުބާރާތެއް ފަށައިފިއެވެ.

މިއީ، އެމްއެމްއޭއިން ކުރިއަށްގެންދާ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. މުބާރާތުގެ މައިގަނޑު މަޤްސަދަކީ ޒުވާނުން، ވަކިން ޚާއްސަކޮށް ކިޔަވާކުދިންގެ މެދުގައި މާލީ ދާއިރާއާއި ދޭތެރޭ އިލްމީ ނަޒަރަކުން ވިސްނައި އަދި މާލީ މުސްތަޤުބަލެއް ތަސައްވަރުކުރުމަށް ބާރުއެޅުން ކަމުގައި އެމްއެމްއޭއިން ބުނެއެވެ.

Advertisement

ގްރޭޑް 8 އިން 12 އަށް ކިޔަވާ ދަރިވަރުންނަށް ހުޅުވާލެވިފައިވާ މި މުބާރާތް ބާއްވާނީ ދެ ގިންތިއަކަށް ބާހާލައިގެންނެވެ. އެގޮތުން، ޖޫނިއަރ ގިންތީގައި ހިމެނޭނީ ގްރޭޑް 8 އިން 10 ގެ ދަރިވަރުންނެވެ. އަދި ސީނިއަރ ގިންތީގައި ހިމެނޭނީ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނެވެ.

ހުރިހާ މަޒުމޫނެއް ވެސް ލިޔާނީ އިނގިރޭސި ބަހުން ކަމަށާއި އަދި މުބާރާތުގެ ބައިވެރިން ލިޔާ މަޒުމޫނުތަކަކީ އެބައިވެރިއެއްގެ އަމިއްލަ ލިއުމަކަށް ވާންވާނެ ކަމަށް އަދި އެއީ ކުރިން ޝާއިޢުކޮށްފައިނުވާ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން އުފައްދާފައިނުވާ ލިޔުމަކަށް ވާންވާނެ ކަމުގައި އެމްއެމްއޭއިން ބުނެއެވެ.

އިނާމުތައް

* ކޮންމެ ގިންތިއެއްގައިވެސް އެންމެ މޮޅު މަޒޫމޫނަށް 3,000 ރުފިޔާ

* ދެވަނައަށް 2,000 ރުފިޔާ

* ތިންވަނައަށް 1,000 ރުފިޔާ

* ކޮންމެ ގިންތިއަކުންވެސް ޚާއްޞަ މަޒުމޫނަކަށް 500 ރުފިޔާ

އިތުރުން، ހޮވޭ ލިޔުންތައް އެމްއެމްއޭއިން ހިންގާ މާލީ ހޭލުންތެރިކަމުގެ ކެމްޕޭނުތަކުގައި ބޭނުންކުރެވިދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މި މަޒުމޫނުތައް ލިޔަންވާނީ 700 އާއި 1,200 ލަފުޒުގެ ދެމެދުގައި، ޓައިމްސް ނިއު ރޯމަން ފޮންޓުގައި، އިނގިރޭސި ބަހުންނެވެ. އަދި ޕީޑީއެފް ފޯމެޓުގައި ހުށަހަޅަންވާނީ ދަރިވަރުގެ މަޢުލޫމާތު ހިމެނޭ ކަވަރ ޕޭޖަކާއި އައިޑީ ކާޑުގެ ކޮޕީއަކާ އެކުގައެވެ.

މުބާރާތުގެ ބައިވެރިން މަޒުމޫނު ހުށަހެޅުމުގެ ސުންގަޑިއަކީ 9 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 23:59 އަށް [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.

Advertisement

ކޮމެންޓް