Advertisement

ބީއެމްއެލްއިން އާއި އެމެރިކަން އެކްސްޕްރެސް އިން "އެކްސްޕީރިއަންސް މޯލްޑިވްސް " ޑެސްޓިނޭޝަން ކެމްޕޭނެއް

28 Sep 2025 | 12:45
"އެކްސްޕީރިއަންސް މޯލްޑިވްސް" ޑެސްޓިނޭޝަން ކެމްޕޭން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް މާކެޓްކުރުމުގެ ގޮތުން "އެކްސްޕީރިއެންސް މޯލްޑިވްސް" ނަމުގައި ޑެސްޓިނޭޝަން ކެމްޕޭނެއް ފަށައިފިއެވެ.

ބީއެމްއެލްއިން ބުނެފައިވާގޮތުގައި މި ކެމްޕޭނަކީ ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އަދި ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އެންޑޯޒްކޮށްފައިވާ ކެމްޕޭނެކެވެ.

Advertisement

ދެ އަހަރު ދުވަހުގެ މުއްދަތަށް ހިންގާ މި ކެމްޕޭންގެ ދަށުން އެމެރިކަން އެކްސްޕްރެސް ކާޑުގެ މެމްބަރުންނަށް އެކި ރިސޯޓުތަކާއި ލިވްއަބޯޑުތަކާއި މާޗަންޓުތަކުން ހާއްސަ އޮފަރތައް ލިބޭނެ ކަމަށާއި އަދި ސްޕާ ޓްރީޓްމަންޓް، ބީޗް ޑައިނިން އާއި މޫދު ކުޅިވަރު ހަރަކާތްތަކާއި ފްލޯޓިން ބްރޭކްފާސްޓާއި ރޫމް އަޕްގްރޭޑްގެ އިތުރުން ލޯކަލް އެޑްވެންޗާ ފަދަ ތަޖުރިބާތައް ވެސް ފަސޭހަކަމާއެކު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މި ކެމްޕޭނާއި ގުޅޭގޮތުން، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އެކްސްޕީރިއެންސް މޯލްޑިވްސް  ކެމްޕޭން ހަގީގަތަކަށް ހެދުމަށް އެމެރިކަން އެކްސްޕްރެސްއާއެކު ބައިވެރިވުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ކެމްޕޭނުން، ރާއްޖޭއަށް ޒިޔާރަތްކުރާ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ހާއްސަ އޮފަރތަކަކާއެކު ރާއްޖޭގެ ރީތި މަންޒިލްތަކާއި ސަގާފަތް ތަޖުރިބާކޮށްލުމަށް އިތުރަށް މަގުފަހިވެގެންދާނެ، މި ކެމްޕޭނުގެ ސަބަބުން ލަގްޒަރީ ޓޫރިޒަމްގެ އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ވަރުގަދަވެގެންދާނެ، އަދި ހަމައެހެންމެ މި ކެމްޕޭނުގައި ބައިވެރިވާ މަރޗަންޓުންނާއެކު، ރާއްޖެއަކީ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި މާކެޓްކުރެވުގެންދާނެ" ޝަރީފް ވިދާޅުވިއެވެ.

2017 ވަނަ އަހަރާއި، 2019 ވަނަ އަހަރު އަދި 2023 ވަނަ އަހަރު ހިންގި 'އެކްޕީރިއެންސް މޯލްޑިވްސް" ކެމްޕޭނުތަކުގެ ކާމިޔާބީއަށް ފަހު، މިއީ މި ކެމްޕޭން ބާއްވާ ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން ހިންގި ކެމްޕޭނުތަކުގައި އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ޕްރިމިއަމް ޚިދުމަތްތަކާއި އެކްސްކްލޫސިވް ރޭޓްތައް އަދި ދަތުރު އިތުރަށް ފުރިހަމަ ކުރުމަށް ކޮމްޕްލިމެންޓަރީ ޚިދުމަތްތައްވެސް ފޯރުކޮށްދީފައި ވެއެވެ.

މި ޕްރޮމޯޝަން އަދި އޮފާތަކާއި ގުޅޭ އިތުރު މަޢުލޫމާތު:

https://experiencemaldivesnow.com

Advertisement

ކޮމެންޓް