Advertisement

ޣައްޒާގެ ހިސޯރު ނައްތާލަން ދަތުރުކުރާ ފްލޮޓިއްލާ އުޅަނދުތަކަށް ޑްރޯން ހަމަލަތަކެއް

25 Sep 2025 | 11:00
ޑްރޯން ހަމަލަތައް ދިނީ ބިރުދެއްކުމުގެ ނިޔަތުގައި ކަމަށް އެ މޫވްމަންޓުން ދެކޭ -

ޢައްޒާގެ ހިސޯރު ނައްތާލަން ދަތުރުކުރަމުން އަންނަ ގްލޯބަލް ސުމޫދު ފްލޮޓިއްލާ މޫވްމަންޓްގެ އުޅަނދުތަކަށް އަމާޒުކޮށް ޑްރޯން ހަމަލަތަކެއް ދީފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޑްރޯން ހަމަލަތަކެއް އެ މޫވްމަންޓަށް އަމާޒުވީ ގްރީސްގެ ރަށްބޭރުންނެވެ. އެ ހަމަލަތައް އެ މޫވްމަންޓްގައި 51 އުޅަނދެއްގައި ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ހިފައިގެން އެއްވެސް ހަތިޔާރެއް ނެތި 500 އެއްހާ އެކްޓިވިސްޓުން ޣައްޒާއާއި ދިމާއަށް ދަތުރުކުރަމުން އަންނައިރު އެ މޫވްމަންޓްގެ ބޯޓުތަކަށް ޑްރޯން ހަމަލަތަކެއް އަމާޒުކޮށްފައިވަނީ ރޭގަނޑުގެ ދަންވަރުގެ ވަގުތުގައި ބިރު ދެއްކުމުގެ ގޮތުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

Advertisement

އެ ހަމަލަތަކާއި ގުޅިގެން އިޓަލީއާއި ސްޕެއިން އިން އެ މޫވްމަންޓަށް އެހީތެރިވުމަށް އެ ދެ ޤައުމުގެ ނޭވީ ފޮނުވާފައިވާއިރު އިސްރާއީލުން ނުވަތަ އިސްރާއީލަށް ވާގިވެރިވާ ފަރާތްތަކުން ދިން އެ ޑްރޯން ހަމަލަތަކުގެ ސަބަބުން އެ މޫވްމަންޓްގެ ބައެއް އުޅަނދުތަކަށް ގެއްލުން ލިބިފައިވާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޑްރޯންގެ އެ ހަމަލަތައް ދީފައިވަނީ އެ މޫވްމަންޓްގެ ބައެއް ބޯޓުތަކާއި ދިމާ މަތިންނެވެ. ހަމަލަތައް ދިނުމުގައި ބައެއް ކެމިކަލް މާއްދާތައް އެކުލެވޭ ގޮއްވުންތައް ގޮއްވާފައިވާކަމަށްވެސް ތުހުމަތު ކުރެއެވެ.

ބިރު ދެއްކުމަށް އެ ހަމަލަތައް އަމާޒު ކުރި ނަމަވެސް ފްލޮޓިއްލާ މޫވްމަންޓްގެ އުޅަނދުތައް ހުއްޓުމެއްނެތި ޣައްޒާއާއި ދިމާއަށް ދަތުރުކުރާނެކަމަށް އެ މޫވްމަންޓުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް