ސްޓެލްކޯގެ އައު އެމްޑީގެ ފުރަތަމަ ފެނިލުން ވ. އަތޮޅުން
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަންކޮށްފައިވާ އައު އެމްޑީ މަސައްކަތުގެ ފުރަތަމަ ފެނިލުން ސްޓެލްކޯއިން ހިއްސާކޮށްފިއެވެ.
އެގޮތުން މިއަދު އެ ކުންފުނިން ބުނެފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަމާހު ރަޝީދާއި، ކުންފުނީގެ ބައެއް އިސްވެރިން ވަނީ ހަފްތާ ބަންދުގައި ވ. އަތޮޅުގައި މިކުންފުނިން ހިދުމަތްދެމުންގެންދާ ފެލިދޫ، ފުލިދޫ، ކެޔޮދޫ، ރަކީދޫ އަދި ތިނަދޫއަށް ވަޑައިގެން އެ ރަށްރަށުގެ އިންޖީނުގެއަށް ޒިޔާރަތްކުރައްވާ މިކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ކުންފުނީގެ މުވައްޒަފުންނާއި މަޝްވަރާކުރައްވާފައި ކަމަށެވެ.
ސްޓެލްކޯގެ އެމްޑީގެ މަޤާމަށް ޝަމާހު އައްޔަންކޮށްފައިވަނީ މި މަހުގެ ހަތެއް ވީ އާދީއްތަ ދުވަހުއެވެ. ޝަމާހު އެ މަޤާމަށް އައްޔަންކޮށްފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި ހުސެއިން ފަހުމީ އެ މަޤާމުން ވަކި ކުރުމަށްފަހުގައެވެ.
ޝަމާހު ވަނީ މި ސަރުކާރުގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަންވެސް ކޮށްފައެވެ.
ސްޓެލްކޯގެ އައު އެމްޑީ ވާވު އަތޮޅުގައި - ފޮޓޯ: ސްޓެލްކޯ