ޒާރާ ރާއްޖޭގައި – ޗުއްޓީ ހޭދަކުރަމުން އަންނަނީ ސަން ސިޔާމް އޮޅުވެލީގައި
އިންޑިއާގެ ބަތޮލާ ޒާރާ ޔެސްމީން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުގައެވެ. މިއީ އެ ރިސޯޓަށް ޒާރާ އައި ދެވަނަ ފަހަރެވެ.
ޒާރާއަކީ ހިންދީ މިއުޒިކް ވީޑިއޯތަކުން ފެންނަ ބަތޮލާއެކެވެ. އަދި އަމިއްލަ ކޮސްމެޓިކްސް ބްރޭންޑެއް ކަމުގައިވާ ލަކްސެބޫން ކޮސްމެޓިކްސް ބްރޭންޑްގެ ވެރިޔާވެސް މެއެވެ.
ޒާރާގެ އެންމެ މަގުބޫލު އެއް މިއުޒިކް ވީޑިއޯ ކަމުގައިވާ ސަބްކޭ ބާރާތޭ އާއީ ލަވައަކީ 300 އެއްހާ މިލިޔަން ވިއުސް ލިބިފައިވާ ވީޑިއޯއެކެވެ.