ނޭޕާލް ޖެން-ޒީ މުޒާހަރާ: ސަރުކާރުގެ ބޮޑު ނިންމުން ބަދަލުކޮށްފި – 19 މީހަކު މަރު !
މި ހިނގާ ސެޕްޓެމްބަރު ހަތަރެއް ވީ ބުރާސްފަތި ދުވަހު ނޭޕާލުގެ ސަރުކާރުން ވަރުގަދަ ބޮޑު ފިޔަވަޅެއް އެޅިއެވެ. އެއީ ދޮގު ޚަބަރާއި ދެކޮޅުވެރި ވާހަކަތައް އިމެއް މިނެއްނެތި ފަތުރާކަމަށްބުނެ ސޯޝަލް މީޑިއާގެ 26 ޕްލެޓްފޯމެއް އެއްފަހަރާ ބްލޮކް ކޮށްލުމެވެ. އެ ޕްލެޓްފޯމްތަކުގެ ތެރޭގައި ފޭސްބުކް، އެކްސް، ލިންކްޑްއިން، ރެޑިޓް، ސިގްނަލް އަދި ސްނެޕްޗެޓްވެސް ހިމެނެއެވެ.
މިއާއެކު ނޭޕާލުގެ ޖެން-ޒީ މުޒާހަރާ އިއްޔެ ފެށުނެވެ.
ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގެ މަލްޓިގަރް މަންޑާލާ އާއި ފެޑެރަލް ޕާލަމަންޓް ބިލްޑިންގް ސަރަހައްދަށް ޖެން-ޒީން އެއްވާން ފެށިއެވެ. ހާހުން ހާހުން ޖެން-ޒީން ގިނަވަމުން ގޮސް ލައްކައިން ގުނޭވަރަށް ޖެން-ޒީން އެއްވެސް ކުރިއަށްދިޔަ މުޒާހަރާތައް ކޮންޓްރޯ ކުރުމަށް ސަލާމަތީ ޚިދުމަތްތަކުން މަސައްކަތް ކުރިއެވެ.
މުޒާހަރާގެ ބައިވެރީން ގޮވަމުންދިޔައީ ކޮންޓްރޯލު ކުރާންވީ ސޯޝަލް މީޑިއާ ނޫން ކަމަށާއި ކޮންޓްރޯލް ކުރާންވީ ކޮރަޕްޝަން ކަމަށެވެ.
ޖެން-ޒީ މުޒާހަރާގެ ކުރިމަތިލުންތަކުގައި 10 މީހަކު މަރުވެ 347 މީހަކު ޒަޚަމްވެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ސިފައިންނާއި ފުލުހުންވެސް ހިމެނެއެވެ.
ބިޔަ ބޮޑު އެއްވުމާއެކު ސަރުކާރުން ވަނީ ސަރުކާރުގެ ބިޔަ ބޮޑު ނިންމުން އަލުން އަނބުރާ އިޔާދަކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އާއްމުކޮށް ހުޅުވާލާފައެވެ. ހަމަ އެއާއެކު އެ ޤައުމުގެ ހޯމް މިނިސްޓަރު ރަމޭޝް ލެކާކް ވަނީ މަގާމުން އިސްތިއުފާވެސް ދެއްވާފައެވެ.
މިއަދު، މިހާރުވެސް ކަތުމަންޑޫ، ބިރްގުންޖް، ބައިރަހަވާ، ބުޓްވަލް، ޕޮކާރާ، އިޓަހާރީ އަދި ޑަމަކްގައި ޖެން-ޒީންގެ މުޒާހަރާ ކުރިއަށްދާއިރު އެ ސަރަހައްދުތަކުގައި ކާފިއު ވަނީ އިއުލާނުކޮށްފައެވެ.