Advertisement

ކަނބުލޮ ފިލްމު ނިންމާލި ވަގުތު ކަނބަލުންގެ މެދުގައި ކުރިމަތިލުމެއް !

07 Sep 2025 | 10:36
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ނަގާފައިވާ ސްކްރީން ޝޮޓެއް -

އައްޑޫ ސިޓީގައި ކަނބުލޮ ފިލްމު އަޅުވާ ނިންމާލި ވަގުތު އެ ސަރަހައްދުގައި ކަނބަލުންތަކެއްގެ މެދުގައި ކުރިމަތިލުމެއް ހިނގައިފިއެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ތިން އަންހެނެއްގެ މެދުގައި ކުރިމަތިލުމެއް ހިނގައިގެން އުޅޭ މަންޒަރެވެ. ކޮމެންޓުތަކާއި ވީޑިއޯގެ އަޑުން އެއީ ސީދާ ކޮން ސަބަބަކާ ހުރެ ހިނގި ކުރިމަތިލުމެއްކަން ސާފެއް ނޫނެވެ. އެހެންނަމަވެސް އެއް އަންހެނަކީ މާބަނޑު މީހެއްކަން ސިފަވާގޮތަށް މީހަކު ގޮވާލި އަޑު ވީޑިއޯއިން އިވެއެވެ.

Advertisement

ދިވެހި ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ، ހިތަދޫ، ކަނީރުމަގުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ރޭ 10:45 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށާއި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

Advertisement

ކޮމެންޓް