ސަޕޯޓަރުން ގުޅާވަރުން އޮބިނޯވޭ: ނިމާލް
ކަނބުލޮ ފިލްމުގައި ކުޅުނު ރޯލު ކުޅެވުނުލެއް ރަނގަޅުކަމުން ސަޕޯޓަރުން ގުޅާވަރުން އޮބި ނޯންނަކަމުގައި އަހްމަދު ނިމާލް ބުނެފިއެވެ.
އެ ފިލްމުގެ އެންމެ މުހިއްމު އެއް ރޯލު ކުޅުނު ނިމާލް މިހެން ބުނެފައިވަނީ ފޭސްބުކްގައި ރޭގައި ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ނިމާލް ބުނެފައިވަނީ ކަނބުލޮ ފިލްމު ވެގެންދިޔައީ އެންމެ ގިނަ ބެލުންތެރިން އޭނާއަށް ގުޅާ "ވަރަށް މޮޅޭ" ބުނި ފުރަތަމަ ފިލްމަށް ކަމަށެވެ.
"މިއުޅެނީ މެސެޖާއި ކޯލްތައް ރާއްޖެތެރެއިންނާއި މާލެއިން މީހުން ގުޅާވަރުން އޮބިނޯވެގެން" ނިމާލް ބުނެފައިވެއެވެ.
ނިމާލް ފޭނުންނަށް ޝުކުރު އަދާކުރަމުން ނިމާލް ބުނެފައިވަނީ ކަނބުލޮއަކީ ހަމަ ބެސްޓް ފިލްމު ކަމަށާއި މިލްމުގެ ކާމިޔާބީ އަކީ ކަނބުލޮ ޓީމުގެ ބުރަ މަސައްކަތް ކަމަށެވެ.