Advertisement

މި ކިޔާދެނީ ޝްރައްދާގެ މޫނުން އެ ފެންނަ އުޖާލާކަމާ ލޫޅާފަތިކަމުގެ ސިއްރު

03 Sep 2025 | 10:44
ޝަކްތީ ކަޕޫރުގެ ދަރި، ޝްރައްދާ ކަޕޫރު -

ޝަކްތީ ކަޕޫރުގެ ދަރި ޝްރައްދާ ކަޕޫރަކީ ބޮލީވުޑް ބަތަލާއިންގެ ތެރެއިން މޫނުމަތި އެންމެ އުޖާލާ އަދި ލޫޅާފަތިކަމުން ދެވަނައެއް ނެތް ބަތަލާއެއްކަމަށް ގިނަ ބަޔަކު އިއްތިފާގު ވެއެވެ.

މާރިޗް ތިނެއްގައި އުމުރުން 38 އަހަރު ފުރިފައިވާ ޝްރައްދާ މިވަނީ އޭނާގެ މޫނުގެ އެ އުޖާލާކަމާއި ލޫޅާފަތިކަމުގެ ސިއްރު ކިޔާދީފައެވެ.

Advertisement

އަބަދުވެސް އެސެންޝިއަލް އޮއިލްސް އަށް ލޯބިކުރޭ

ޝްރައްދާ ބުނެފައިވާގޮތުގައި ގިނަ މީހުން ސެރަމްސްތަކާއި ކްރީމްސްތައް ބޭނުންކުރި ނަމަވެސް ޝްރައްދާ ބޮޑަށް ލޯބިކުރަނީ އެސެންޝިއަލް އޮއިލްސް އަށެވެ. އޭގެ ތެރޭގައި ފްލާވަރ، ހާރބްސް، އަދި ސީޑްސް އެސެންޝަލް އޮއިލްސް ހިމެނޭކަމަށް ބުނެފައިވެއެވެ. މޫނުމަތިން ފެންނަ އުޖާލާކަމުގެ އެންމެ ބޮޑު ސިއްރަކީ އެސެންޝިއަލް އޮއިލްސް ކަމަށް ބުނެފައިވެއެވެ.

މޭކަޕްގެ ކުރިން އައިސިން ކުރުން

ޝްރައްދާ ބުނެފައިވަނީ އަބަދުވެސް މޭކަޕްގެ ކުރިން އައިސިން ކުރާ ކަމަށެވެ. އައިސިން ކުރުމަކީ އައިސް ކިއުބް ބޭނުންކޮށްގެން މޫނު އައިސްކޮށްލުމެވެ. ޝްރައްދާ ބުނެފައިވަނީ މޭކަޕެއް ކުރަންޏާ އައިސިން ނުކޮށް މޭކަޕް ކުރަން ނުފައްޓާ ކަމަށެވެ.

ޝްރައްދާގެ ކަސްރަތު ރޫޓިން

އޭނާ ބުނެފައިވާގޮތުގައި ދުޅަހެޔޮކަންމަތީގައި ހުރުމަށް ޔޯގާ ކުރުމާއި ހައި އިންޓެންސިޓީ އިންޓަވަލް ޓްރޭނިން (ހީޓް) ކަސްރަތު ކުރިއަށްގެންދެއެވެ.

ވީގަން ޑައިޓަކަށް އިސްކަންދޭ

މިދިޔަ އަހަރު ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ޝްރައްދާ ބުނެފައިވަނީ ކެއުމުގެ ވައްޓަފާޅީގައި ބޮޑަށް އިސްކަންދެނީ ތަރުކާރީއާއި މޭވާ ޚިޔާރު ކުރުމަށެވެ. އިނގިރޭސިބަހުން ބުނަނީނަމަ "ވީގަނިޒަމް" ޚިޔާރު ކުރުމަށެވެ.

2010 ވަނަ އަހަރު ތީން ޕައްތީ އިން ފިލްމީ ކެރިއަރު ފެށި ޝްރައްދާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ސްޓްރީ 2 ފިލްމުންނެވެ.

Advertisement

ކޮމެންޓް