ޢައްޒާ ހިފަން އިސްރާއީލު ފައުޖުތައް ޢައްޒާއަށް ވަދެގެންފި
ޢައްޒާގެ ފުލް ކޮންޓްރޯލު އިސްރާއީލު ސިފައިންގެ ދަށަށް ގެންދިޔުމަށް ނިމިދިޔަ އޯގަސްޓް މަހު ނަތަންޔާހޫ ކުރި ޕްލޭނާ އެއްގޮތަށް ޢައްޒާ ހިފުމަށް އިސްރާއީލުގެ ފައުޖުތައް ބިމުގެ މަގުން އިސްރާއީލަށް މިއަދު ވަދެގެންފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިސްރާއީލުން ފެށި މި އޮޕަރޭޝަނުގައި އިސްރާއީލު ޑިފެންސް ފޯސްގެ އިތުރުން ރިޒާވް ފައުޖުން 40 ހާހާއި 60 ހާހާއި ދެމެދުގެ ޢަދަދަކަށް ރިޒާވް ސިފައިން ބޭނުންކުރަން އިސްރާއީލުން ނިންމާފައިވެއެވެ.
އިސްރާއީލުން ޣައްޒާ އެކުގައި ހިފަން ޣައްޒާއަށް އެ ވަދެގަތީ ބައިނަލްއަގުވާމީ ޕްރެޝަރު އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެހެންނަމަވެސް އެއިން އެއްވެސް ޕްރެޝަރަކަށް ބެލުމެއްނެތި އެމެރިކާގެ ވާގިވެރިކަމާއެކު ޣައްޒާ ހިފުމުގެ މަސައްކަތް އިސްރާއީލުން މިވަނީ ރަސްމީކޮށް ފަށާފައެވެ.
ޣައްޒާ މަސްރަޙުގެ އިތުރު ބައެއް އަދާހަމަތަކަށް ބަލައިލާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަނޑުހައިހޫނުކަމުގައި 13 ފުރާނައެއް ވަނީ ގެއްލިފައެވެ. އިސްރާއީލުގެ ފައުޖުތަކުގެ ހަމަލަތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 100 އެއްހާ ރައްޔިތުން ސަހީދުވެފައިވެއެވެ.