އުރީދޫ ސުޕަރ އެޕްގައި އޮންލައިން މަސް ރޭހެއް – އިނާމަކަށް ޑައިވާ ސޮލްޓީގާ 2025 ރީލެއް
އުރީދޫގެ ސުޕަރ އެޕްގައި އޮންލައިން މަސް ރޭހެއް މިހާރު ކުރިއަށް އެބަ ދެއެވެ.
މި މަސް ރޭހަކީ މި ހިނގާ އޯގަސްޓް މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ރޭހެކެވެ.
މި މަސް ރޭހުގައި ބައިވެރިވުމަށް އުރީދޫގެ ސުޕަރ އެޕްގެ ވެލްކަމް ސްކްރީނުން ފެންނަ އުރީދޫ މަސްރޭސް 2025 އަށް ކްލިކްކޮށްލުމުން މި މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.
މި ގޭމުގައި ހިމެނޭ ޓީމުތަކަކީ މި އަހަރުގެ އުރީދޫ މަސްރޭހުގައި ވާދަކުރާ އަސްލު ޓީމުތަކުގެ ނަންތަކެވެ. އެޕްގެ ގޭމްގައި އެއިން ޓީމަކުން ކުރެ ޓީމެއް ޚިޔާރުކޮށް އޮންލައިންކޮށް މަސްވެރިކަން ފެށުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.
ޓެޕްކޮށްގެން ހިފާ ކޮންމެ މަހަކީ އެއް ޕޮއިންޓް ކަމުގައި ބަލާއިރު މި ގޭމު ކުރިއަށްދާ މުއްދަތުގައި ލިބޭ ހުރިހާ ޕޮއިންޓެއް އެއްކޮށް، މުޅި ގޭމުން އެއްވަނަ ހޯދާ ފަރާތަކަށް ލިބިގެންދަނީ ހައި ފިޝިންގ ގެ ފަރާތުން ދޭ ޑައިވާ ސޮލްޓީގާ 2025 ރީލެކެވެ.