ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށްފަހު ފައްޔާޒްގެ ބަސް: ޤައުމު ހަމަ މަގަށް އެޅުވޭނީ އިޞްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތްކޮށްގެން

ޤައުމު އަނބުރާ ހަމަ މަގަށް އެޅުވޭނީ އިޞްލާޙަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމުގައި އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ފައްޔާސް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވަނީ ރައީސް ނަޝީދާއެކު މެންދުރުގެ ފަރީއްކޮޅަކަށް އިންސާފު ކުރެއްވުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ފައްޔާޒް ވިދާޅުވެފައިވަނީ ރައީސް ނަޝީދާއި  ޑިމޮކްރެޓްސްގެ މެންބަރުން ދެއްވި މެންދުރުގެ ކެއުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށާއި ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރާން ހުރި މަސައްކަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލުބަދަލުކޮށްލެވިގެންދިޔަކަމަށެވެ.

“ ގައުމު އަނބުރާ ހަމަމަގަށް އެޅުވޭނީ އިސްލާހަށް މަސައްކަތްކުރާ އެންމެން އެކުގައި މަސައްކަތް ކޮށްގެން“ ފައްޔާޒް ވިދާޅުވެފައިވެއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު ސިޔާސީ މަޞްރަޙުގައި މިއަދު ހިނގި އެންމެ ބޮޑު އެއް ކަމަކީ ރައީސް ނަޝީދާއި ފައްޔާޒް ބައްދަލުކުރެއްވުމެވެ. މި ދެބޭފުޅުންނަކީވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ދެބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *