"ނޫނޭ....! ވަރަށް ވަރުބަލިވެއްޖެ...." ދެން މިރޭ ނިދާލާނީ...." އެއްޗެހި ބަދަލު ކުރަމުން މިފްޒާލް ބުނެލިއެވެ.
ޖެހިގެން އައިރެއެވެ. އެރޭގެ ބާރަ ޖަހާއިރު މިފްޒާލްގެ އުފަންދުވަސް ފެށެއެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މިފްޒާލްގެ އުފަންދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރުމަށް އަންޖަލްހުރީ ގަސްދުކޮށްގެންނެވެ. މިގޮތުން ހަވީރުވީއިރު އަންޖަލް މިފްޒާލް އަށް ހަދިޔާއެއްގެ ގޮތުގައި ދިނުމަށްޓަކައި އެންމެ ފަހުގެ ލެޕްޓޮޕެއް ގަތެވެ. އަދި އޭގެ އިތުރުން ރަތްކުލައި ފިނިފެންމަލުން މާބޮނޑިއެއް ތައްޔާރު ކުރިއެވެ. ލެޕްޓޮޕް ޕެކް ކޮށްލައިގެން ގެޔަށް އައިސް ދެން އަންޖަލް ދިޔައީ އޭނާގެ ރައްޓެއްސެއްގެ ގެޔަށް ކޭކު ބަލައެވެ. އެ ކޭކަކީވެސް މިފްޒާލަށް އެންމެ މީރު ވެނީލާ މިކްލް ކޭކެވެ. ވަރަށް ފުރިހަމައަށް ޑެކޮރޭޝަން ހަދާފައިވާ އެކޭކު އަންޖަލް ބޭނުންވާ ގޮތަށް ތައްޔާރު ކޮށްދިނީ އަންޖަލްގެ ރަޙްމަތްތެރިއެކެވެ. ކޭކު ހިފައިގެން ގެއަށް އައިސް މިފްޒާލް އަށް ނުފެންނާނެހެން ފޮރުވުމަށްފަހު ކޮޓަރިއަށް ގޮސް އަލިމާރި ހުޅުވާލުމަށްފަހު އަންޖަލް ތައްޔާރުކޮށްފައިވާ ކާޑު ނެގިއެވެ. މިކާޑަކީ އަންޖަލްގެ ހޭންޑްމޭޑް ކާޑެވެ. ކޮންމެ އަހަރަކުވެސް މިފްޒާލްގެ އުފަން ދުވަހަށް އަންޖަލް ވަރަށް ފުރިހަމަ ކާޑެއް ތައްޔާރު ކުރެއެވެ.
އަށެއް ޖަހަން ގާތްވެފައިވަނިކޮށް މިފްޒާލް އޮފީހަށް ދިނުމަށްޓަކައި ތައްޔާރު ވެއްޖެއެވެ.
"މިރޭވެސް އޮފީހަށްދަނީތަ.....؟ ވަރަށް ލަހުންތަ ނިމޭނީ.....؟" މިފްޒާލް ތައްޔާރު ވެލައިގެން އޮފީހަށްދާން ނިކުތުމާއެކު އަންޖަލް ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.
"މިރޭ ނުދާން ވެގެން ހުރީ.....! އެކަމަކު ކޮންމެހެން ދާން ޖެހުނީ.....! މިރޭ ލަސްނުވެ އާދެވޭތޯ ބަލާނަން.....! މިރޭ މާ ސްޕެޝަލް ކަމެއް އޮތީތަ....؟" އަންޖަލްގެ ކޮނޑުގައި ހިފާލުމަށްފަހު ހީނލާފައި ސަމާސާ ރާގަކަށް މިފްޒާލް ވާހަކަ ދެއްކިއެވެ.
"މިރޭ ތަންކޮޅެއް އަވަހަށް ނިންމާލެވޭތޯ ބަލައްޗޭ...! ޕްލީސް....! މިރޭ ކަމެއް ކޮށްލަން ވެގެން....!" ހީލާފައި އަންޖަލްވެސް ބުނެލިއެވެ.
"ޔޭސް....! ވަރަށް އަވަހަށް އާދެވޭތޯ ބަލާނަން....!" ކޮޓަރިން ނިކުންނަމުން އަންޖަލްގެ ކޮނޑުގައި ހިފާލުމަށްފަހު މިފްޒާލް ބުނެލިއެވެ.
މިފްޒާލް އޮފީހަށް ދިޔައީ ބާރަ ޖެހުމުގެ ކުރިން މިރޭ ގެޔަށް އައުމަށް ނިންމައިގެންނެވެ. ކޮންމެ އަހަރުގެ މިފްޒާލްގެ އުފަން ދުވަހަށް އަންޖަލް ވަރަށް ފުރިހަމައަށް ތައްޔާރުވާކަން މިފްޒާލް އެނގޭތީ މިރޭ ބާރަ ޖެހުމުގެ ކުރިން ގެއަށް އަންނަން ބޭނުންވީއެވެ. އެހެން ނޫނީ އަންޖަލް ވާނެ ދެރަ މިފްޒާލް އަށް ވިސްނެއެވެ. ގަސްދުގައި އަންޖަލް ދެރަކުރާކަށް މިފްޒާލް ބޭނުމެއް ނޫނެވެ.
މިފްޒާލް އޮފީހަށް ވަދެ އޮފީހުގެ ނުނިމި ހުރި މަސައްކަތްތައް އަވަހަށް ނިންމާލުމަށްޓަކައި ވަރަށް އަވަދިނެތި މަސައްކަތް ކުރަމުންދިޔައެވެ. މަސައްކަތުގައި އުޅުނުއިރު ގަޑި ހިނގަމުންދިޔަގޮތްވެސް ނޭނގެއެވެ. ފައިލެއްގެ ތެރެއިން ކޮންމެސް ލިޔުމެއް ހޯދަން ހުއްޓާ މިފްޒާލްގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު އޮތީ މޭޒުމަތީގައެވެ. މިފްޒާލް ފައިލް ބޭއްވުމަށްފަހު އައިސް މޭޒުމަތީގައި އޮތް ފޯނަށް ބަލާލިއިރު ފޯނު ކުރަނީ އަންޖަލް އެވެ. ފޯނު ނެގުމުގެ ކުރިން މިފްޒާލް އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން އެގާރަގަޑި ސާޅީސް ފަހެއް ހިނގަނީއެވެ. މަސައްކަތުގައި އަވަދިނެތި އުޅުމުގެ ސަބަބުން ގަޑިން ވީއިރެއްވެސް ނޭނގުނެވެ.
"ހެލޯ.....! މާ ލަސްވީދޯ.....؟" މިފްޒާލް ފޯނު ނެގުމަށްފަހު ބުނެލިއެވެ.
"ހަނދާންނެތިފަ ހުރެދާނެތީ މި ގުޅާލީ....! ކިހާއިރަކު އިރަކުން ގެއަށް އަންނާނީ.....! މިހާރު ބާރަ ޖަހަން ކައިރިވަނީ....!" އެކޮޅުން އައިލީން ބުނެލިއެވެ.
"ދޭން ލަހެއް ނުވާނެ....! މަސައްކަތްތައް ބަހައްޓާފަ މި ނުކުންނަނީ.....! ބާރަ ޖަހުމުގެ ކުރިން ގެއަށް ދާނަމޭ....!" މިފްޒާލް ހީނލާފައި ބުނެލިއެވެ.
"އޯކޭ....! އަވަހަށް ދެން އާދޭ....!" އަންޖަލްވެސް ހީނލާފައި ބުނެލިއެވެ.
"ޔޭސް....! މިދަނީ....! ދެން ކޮން ކަމެއްތް އޮތީ.....؟ ބުނެބަލަ.....!" މިފްޒާލް ސުވާލު ކޮށްލިއެވެ.
"އައިމަ ދެން އިނގޭނީ....! އަވަހަށް އާދޭ ދެން.....!" ފޯނު ބާއްވަމުން އަންޖަލް ބުނެލިއެވެ.
މިފްޒާލް ފޯނު ބޭއްވުމަށްފަހު ބާރަޖެހުމުގެ ކުރީން ގެއަށް ދިޔުމަށްޓަކައި އޮފީހުން ނުކުތެވެ. ނުކުމެގެން ސައިކަލްއާއި ދިމާއަށް ދިޔައިރު ސައިކަލް ކައިރީގައި ކޮންމެވެސް މީހަކު ފުރަގަސްދީގެން ހުއްޓެވެ. މިފްޒާލް ރަނގަޅަށް ބަލާލިއެވެ. އެއީ އައިލީން އެވެ.
"އައިލީން....! މިގަޑީގައި މިތާކީއް ތިކުރަނީ......؟" ރޭގަނޑުގެ އެގަޑީގައި އެހިސާބުން އައިލީން އެކަނި ފެނުމުން މިފްޒާލް ސުވާލު ކޮށްލިއެވެ.
"ހަމަ ނޭނގިގެންތަ ތިސުވާލުކުރީ....؟ މިރޭ މީ ކޮންރެއެއްތަ....؟ އެހެންވީމަ މިތާ އޮފީސް ދޮށަށް އަހަރެން މިއައީ ކީތްކުރަންކަން ހަމަ ނޭނގިގެންތަ ތި ސުވާލުކުރީ..." މިފްޒާލްގެ އެ ސުވާލަށް އައިލީން ކުޑަކޮށް ހިތްހަމަ ނުޖެހިފައިހުރެ ޖަވާބު ދިނެވެ.
"އޯ.... އަހަރެންގެ އުފަންދުވަސްވީމަތަ ތިއައީ....؟ ބުނެވެސް ނުލާ.....! ވަރަށް އަވަހަށް ގެއަށް ދާންޖެހިގެން މިދަނީ....!" އައިލީން އާ ދިމާއަށް ބަލަންހުރެ މިފްޒާލް ވާހަކަ ދެއްކިއެވެ.
"އުހުނ....! އެހާ އަވަހަކަށް ނުދެވޭނެ.....! އަހަރެން މިއައީ މިފްޒާލަށް އުފަންދުވަހުގެ ހަދިޔާއެއްދޭށޭ....! ސީދާ އަތުން އަތަށްދޭ ހަދިޔާއެއް....! އެހެންވީމަ ބާރަ ޖެހުމަށްފަހު މިރޭ ދެވޭނީ....!" މިފްޒާލްގެ ސައިކަލުގެ މަޑިމަތީގައި އިށީނދެލަމުން އައިލީން ބުނެލިއެވެ.
"ނޫނޭ....! ބާރަޖެހުމުގެ ކުރިން އަހަރެން ގެއަށްދާން ޖެހޭނެ....! ވައިފު ގާތުގައި މިދަނީއޭ ކިޔާފަ މި ނުކުތީ....! މިހާރު އަހަރެން ނުގޮސްގެން ވައިފް ހުންނާނީ ލަސްވެފައި...." އައިލީން އާ ދިމާއަށް ބަލަންހުރެ މިފްޒާލް ބުނެލިއެވެ.
"ނޫނޭ...! އަހަރެން މިއައީ އަދި ޑިނާރ އަކަށްވެސް ދާށާ އެކީގައޭ....! ހިނގާބަލަ އަހަންނާއެކީދާން....! ބޮޑާހާކާ ރާގަކަށް އައިލީން ބުނެލިއެވެ.
"ނޫނޭ....! މާދަމާރޭ އެކީ އައިލީންއަށް ދީފާނަން.....! އެކަމަކު މިރޭ އަހަރެން ބޭނުމީ އަވަހަށް ގެއަށްދާން.....! މިހެން މަގުމަތީގައި ގިނައިރު ވާހަކަ ދައްކަން ތިބުންވެސް ރަނގަޅެއް ނުވާނެ....! އައިލީން ދޭ މިރޭ ގެއަށް....! މިފްޒާލް އޯގާތެރިކަމާއެކު އައިލީންއަށް ވިސްނާދޭން މަސައްކަތް ކުރިއެވެ.
"އޯކޭ ގޮސްދާނަން....! މަވެސް ބޭނުމެއްނުވޭ މިގަޑީގައި މިތާހުރެގެން މާގިނަ މީހުންތަކަށް ފެންނާކަށް.....! އެކަމަކު މާދަމާރޭ ހަނދާންކުރާތި.....! ވިޝް ޔޫ އަ ވެރީ ހެޕީ ބާތްޑޭ....!" އައިލީން އަތުގައި އޮތް ކުޑަކުޑަ ޕާރސަލް މިފްޒާލް އަށް ދިއްކޮށްލަމުން ބުނެލިއެވެ.
"އެހެންވީމާ މާދަންރޭ ޑިނަރ އަކަށްދާނީ....! އެގޮތް ކިހިނެތްވާނީ....!" މިފްޒާލް ހީލާފައި ބުނެލިއެވެ.
"ތިކަމާޖެހޭނީ ވިސްނާލަން....! އެކަމަކު ކޮންމެ ގޮތެއް ވިޔަސް ކޮންމެސް ތާނުން މާދަންރޭ މީޓްކުރަންވާނެ....! މީޓްކުރާ މަތިން މިރޭ މިދަނީވެސް....!" އައިލީންވެސް ސަމާސާ ރާގަކަށް ބުނެލިއެވެ.
"އެންމެ ރަނގަޅު.....! މާދަންރޭ ނައިންގައި ގުޅާނަން....! އެނީވޭސް ތޭންކްޔޫ ސޯމަޗް އިނގޭ....." ގިފްޓް ސައިކަލްގެ މަޑިދަށަށް ލަމުން މިފްޒާލް ބުނެލިއެވެ.
އެވަގުތު އޮފީހުގެ ތެރެއިން ނުކުތް ދެކުއްޖަކު މިފްޒާލަށް ގޮވާލާފައި އައިލީން އަށް ދިމާއަށް ބަލާލުމަށްފަހު ދިޔައެވެ. އޭގެ ތެރެއިން އެއްކުއްޖަކީ އައިލީން ދަންނަ ކުއްޖެކެވެ.
"އެތާ ދަންނަކުއްޖެއްވެސް އެބަހުރި.....! އޭނަ ވަރަށް ރަނގަޅަށް ބަލާލާފަ އެދިޔައީވެސް.... އޯކޭ....! ދެން އަހަރެން ދަނީ.... މާދަމާރޭ ހަނދާން ކުރާތި....!" އައިލީން ހިނގައިގަންނަމުން ބުނެލިއެވެ.
މިފްޒާލް ވަރަށް ބާރަށް ސައިކަލް ދުއްވާފައިވާ ގެއަށް ދެވުނުއިރު އޭގަރަގަޑި ފަންސާސް އަށެއްވަނީ އެވެ. ލިފްޓުން އަރައިގެން ދުވެފައި ކަހަލަ ގޮތަށްގޮސް އެޕާޓްމަންޓްގެ ދޮރުހުޅުވާލިއިރު ސިޓިން ރޫމް މޭޒުމަތީގައި ވަރަށް ރީތި ކޭކެއް ބަހައްޓާފައި ހުއްޓެވެ. އަދި މޭޒުމަތީގައި ރަތްކުލައިގެ ފިނިފެންމާ ބޮނޑިއަކާއި ހަމަ އެހާރީތި ހޭންޑްމޭޑް ކާޑެއް އޮތެވެ. ސިޓިންގ ރޫމްގެ ބޮކިތައްވަނީ ނިއްވާލާފައިވާތީ، މުޅި ސިޓީންގ ރޫމަށް އަލިވެފައިވަނީ ދިއްލާފައިވާ ކުދުކުދި ކެންޑްލް ތަކުންނެވެ. މުޅިތަން ފެންނަނީ ވަރަށް ރޮމޭންޓިކް ކޮށެވެ. މިފްޒާލް ސިޓިންގ ރޫމަށް ވަތްއިރު އަންޖަލް ކޮޓަރިން ސިޓިންގ ރޫމަށް ނިކުންނަނީއެވެ. އާދަޔާ ޚިލާފަށް މިރޭ އަންޖަލްވެސް މާރީއްޗެވެ. ރަތްކުލައިގެ ހެދުމެއް ލައިގެންހުރި އިރު އަންޖަންގެ ދިގު އިސްތަރިގަނޑުވަނީ ހާވާލެވިފައެވެ. މޫނުމަތީގައިވަނީ އުފާވެރި ހިތުން ވުމެވެ.
"ހެޕީ ބާރތްޑޭ މައި ލަވިންގ ބޭބީ...." އަންޖަލް އައިސް މިފްޒާލްގެ ދެކޮނޑުގައި ހިފަހައްޓާލަމުން ބުނެލިއެވެ.
"ތޭންކިޔޫ ސޯމަޗް މައި ލަވް...." އަންޖަން ގައިގައި ބައްދާލަމުން މިފްޒާލް ބުނެލިއެވެ.
"ހިނގާ އަވަހަށް ކޭކު ފަޅަން....! ބަރާބަރު ގަޑިއަށް ހަމަ ތިއައީ....." މިފްޒާލްގެ އަތުގައި ހިފައިގެން މޭޒާއި ދިމާއަށް ހިނގައިގަންނަމުން އަންޖަލް ބުނެލިއެވެ.
"ހާދަ ރީތި ކޭކެއް.... ތޭންކިޔޫ ސޯމަޗް ލަވް....." އަންޖަލްގެ ކޮލުގައި ހިފާލަމުން މިފްޒާލް ބުނެލިއެވެ.
ކޭކް ފެޅުމަށްފަހު މޭޒުމަތީގައި އޮތް ގިފްޓް މިފްޒާލް ކަނޑާލިއެވެ. އެއީ މިވަގުތަށް މިފްޒާލް އެންމެ ބޭނުންވާ ކަހަލަ ލެޕްޓޮޕެކެވެ. މިފްޒާލް އުފަލުންގޮސް އަނެއްކާވެސް އަންޖަލްގެ ކޮލުގައި ބޮސްދިނެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 02 ޖޫން، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް