ޑރ ވަހީދު ގާސިމްގެ އަރިހަށް މާމިގިއްޔަށް

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މާމިގިއްޔަށް ވަޑައިގެންފިއެވެ.މާމިގިލިން ޑރ.ވަހީދަށް މަރުހަބާ ދެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމެވެ.ޑރ.ވަހީދު މ...

11 Aug 2023 | 16:25

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މާމިގިއްޔަށް ވަޑައިގެންފިއެވެ.
މާމިގިލިން ޑރ.ވަހީދަށް މަރުހަބާ ދެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމެވެ.
ޑރ.ވަހީދު މާމިގިއްޔަށް ވަޑައިގެންފައިވާއިރު ރޭގެ ވަގުތެއްގައި ޑރ.ވަހީދު ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފައެވެ.

ޑރ. ވަހީދު މިރޭ ގާސިމް އަރިހަށް ޒިޔާރަތްކުރައްވާފައިވާއިރު ޑރ. ވަހީދު މިރޭގެ ވަގުތެއްގައި ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވާނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އަދި މާދަމާ ރޭ މާމިގިލީގައި ބާއްވާ ޖަލްސާއެއްގައި އެކަން ރަސްމީކޮށް އިއުލާނުކުރާނެކަމުގެ އަޑުތަކެއްވެސް ފެތުރިފައިވެއެވެ.

ޑރ. ވަހީދު ރޭގެ ވަގުތެއްގައި ޕީޕީއެމުން ވަކިވެފައިވަނީ ރިޔާސީ ޓިކެޓު މައްސަލައިގާ ޕީޕީއެމްގެ ލީޑަޝިޕުން ކަންކުރީ ވަރަށް ގޯސްކޮށް ކަމަށް ތުހުމަތު ކުރުމަށްފަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް