ދިވެހި ފިލްމު "ޖޯކަރު"ގެ ފަސްޓް ލުކް ޓީޒަރ ދައްކާލައިފިއެވެ.
ބެލުންތެރިން ހެއްވާލި "ނޯޓީ ފޯޓީ"، "ފޯޓޯޯީ ޕްލަސް"، "ބައިވެރިޔާ" ފަދަ ފިލްމުތައް އުފެއްދި ޓީމުން މިފަހަރު އުފައްދަމުންދާ ފިމްލު "ޖޯކަރު" ބެލުންތެރިންނާ ހަމައަށް އަންނާނީ ސެޕްޓެމްބަރު މަހުގައެވެ.
ފަސްޓްލުކްއިން ފުރަތަމަވެސް ފެންނަނީ 'އެ ފޮށި' ހިފައިގެން އުޅޭތަނެވެ. އަދި އެ ފޮއްޓަކީ އެންމެންގެ ދިރިއުޅުމާވެސް ގުޅިފައިވާ ފޮއްޓެއް ކަމަށާއި އެ ފޮށީގެ މުހިންމުކަން އެންމެންނަށްވެސް އެނގޭކަމަށް ބުނެއެވެ. ނަމަވެސް އެ ފޮށި ވީ ކޮންތާކު، ކާކުގެ އަތުގައި ކަމެއް އެކަކަށްވެސް ނޭނގެއެވެ.
އެހެންކަމުން އެންމެންވެސް މަސައްކަތް ކުރީ އެފޮށި ހޯދާށެވެ.
https://www.youtube.com/watch?v=sbVQisXgS5U
ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ބެލުންތެރިންނަށް ފަރިތަ، ހުނަރުވެރި ޓީމެކެވެ. އޭގެ ތެރޭގައި ޝީލާ ނަޖީބް، އަހުމަދު ސައީދު، އަހުމަދު ނިމާލް، އަލީ އާޒިމް (ދޮން އައްޔަ)، ނާޝިދާ މުހައްމަދު އަދި ހަމްދާން ފާރޫޤް ހިމެނެއެވެ.
ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓް ކުރާ މި ފިލްމަކީ 'ޝައި ޕްރޮޑަންޝަން' އަދި'ސެޓާން ސްޓޫޑިއޯ'އިން ގެނެސްދޭ ފިލްމެކެވެ.