Advertisement

ދިވެހި ފިލްމު "ލޯބިވެވިއްޖެ": އޮފިޝަލް ޕޯސްޓަރާއި ޓްރެއިލާ ލޯންޗުކޮށް ފިލްމު ރިލީޒްކުރާނެ ތާރީހު އިއުލާނުކޮށްފި

24 Jan 2023 | 23:11
އެސް ޕްރޮޑަކްޝަންސް އާއި ސެޓަރން ސްޓޫޑިޔޯ ގުޅިގެން އުފައްދާފައިވާ ދިވެހި ފިލްމް ''ލޯބިވެވިއްޖެ'' ގެ އޮފިޝަލް ޕޯސްޓަރ އަދި ފިލްމްގެ ޓްރެއިލަރ ލޯންޗް ކޮށް ފިލްމު ރިލީޒް ކުރާނެ ތާރީހުވެސް އިއުލާނުކޮށްފިއެވެ. ފިލްމްގެ އޮފިޝަލް ޕޯސްޓަރ އަދި ފިލްމްގެ ޓްރެއިލަރ ލޯންޗް ކޮށްފައިވަނީ އެކަމަށްޓަކައި މި މަހުގެ 24 ވަނަ ދުވަހު ހަވީރު ސޮލައިޓް ރެސްޓޯރަންޓްގައި ބޭއްވި ޙާއްސަ އިވެންޓެއްގައި އެސްޓީއޯ ގެ މެނޭޖިންގް ޑިރެކްޓަރ ޙުސެއިން ޢަމްރުއެވެ. މީގެ އިތުރުން މި އެވެންޓްގައި ވަނީ ފިލްމް ރިލީޒް ކުރާ ތާރީޚް ވެސް ރަސްމީކޮށް އިޢުލާން ކޮށްފައެވެ.  އެގޮތުން މި ފިލްމް ބެލުންތެރިންނާއި ހަމަޔަށް ގެންނަން ނިންމާފައިވަނީ މި އަހަރު މެއި މަހުގެ ތިންވަނަ ވަނަ ދުވަހުގައެވެ. އެހެންކަމުން މި ފިލްމަކީ ތިން އަހަރުގެ މެދު ކެނޑުމަކަށްފަހު މި އަހަރުގައި އޮލިމްޕަހުގައި ދެވަނަ އަށް އަޅުވާނެ ފިލްމަށް ވާނެކަމުގައި ފިލްމުގެ ޓީމުން ބުނެއެވެ. މިއަދު ބޭއްވި އިވެންޓްގައި ފިލްމުގެ ލީޑު ކާސްޓުންނާއި ފިލްމްގައި އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވާ ފަރާތްތަކުގެ އިތުރުން ފިލްމީދާއިރާގެ ބައެއް ފަރާތްތައް ބައިވެރިވިއެވެ. ފިލްމުގެ ޓީމުން ބުނެފައިވާގޮތުގައި ދިވެހި ފިލްމް ލޯބިވެވިއްޖެ އަކީ 2020 ވަނަ އަހަރު ޑިސެމްބަރު 24 ވަނަ ދުވަހު ގދ. ތިނަދޫގައި ޝޫޓީންގ ފެށި ފިލްމެކެވެ. ފިލްމްގެ މަންޒަރުތައް ނަގާފައިވަނީ ގދ.ތިނަދޫ، މާލެ ސިޓީ ގެ އިތުން ސްރީލަންކާގެ ކޮލަމްބޯ އާއި ނުއަރަލިޔާގައެވެ. [caption id="attachment_227470" align="alignnone" width="1280"] ލޯންޗިން ހަރަކާތުގެ ތެރެއިން -[/caption] ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފިލްމްގެ ޑައިރެކްޓަރ ޢަލީ ސީޒަންގެ އިތުރުން މަރިޔަމް ޢައްޒަ، އާމިނަތު ރިޝްފާ، އަޙުމަދު ޢީސަ (އާނަންދު)، ޢަލީ ޢާޒިމް (ދޮން އައްޔަ)، އަޙްމަދު ނިމާލް، ޢަބްދުﷲ ޝާފިޢު (ފުބޫ)، އާމިނަތު ނިޝާ (ނިޝްކޮ)، އިރުފާނާ އިބްރާހީމް (އެރޫ) ހަރަކާތްތެރިވެފައިވެއެވެ. [caption id="attachment_227469" align="alignnone" width="1280"] ލޯންޗިން ހަރަކާތުގެ ތެރެއިން -[/caption] މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ އަޙްމަދު ޒަރީރެވެ. ފިލްމު ކެމެރާ ކޮށްފައިވަނީ އިބްރާހީމް މޫސާ (ދަބަ)އެވެ. އަދި ޑައިރެކްޓްކުރީ ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރ އަލީ ސީޒަންއެވެ. ލޯބިވެވިއްޖެ ފިލްމަށް ބެކް މިއުޒިކް ތައްޔާރުކޮށްފައިވަނީ ޒުވާން މިއުޒިޝަން ފަތުހުﷲ ޝަކީލް ޙުސައިން އެވެ. [caption id="attachment_227468" align="alignnone" width="1280"] ލޯންޗިން ހަރަކާތުގެ ތެރެއިން -[/caption] މި ފިލްމްގެ ޖުމްލަ އަށް ލަވަ ހިމެނޭ އިރު އެ ހުރިހާ ލަވަތަކެއްވެސް މިހާރު ވަނީ އެސް ޕްރޮޑަކްޝަންސްގެ ސައުންޑްކްލައުޑް އަށް އަޕްލޯޑް ކޮށްފައި ކަމުގައި ފިލްމުގެ ޓީމުން ބުނެއެވެ. ފިލްމްގެ ލަވަތައް ކިޔާދީފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ)، އިބްރާހިމް ޒައިދު ޢަލީ (ކުޑަ އިއްބެ)، މަރްޔަމް އަޝްފާ، ރާފިޔަތު ރަމީޒާ، ޙަސަން ޖަލާލް، މުމްތާޒު މޫސާ، މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ކޮށްފައިވާ އައްމަޑޭ އަދި އައިޑަލް އިން ވިދާލި މުއައްޒިންގެ އިތުރުން އަލީފް ޢަލީ އާއި ނަފްހާއެވެ. https://soundcloud.com/user-886258273-766415720  
އެޑިޓަރުގެ ނޯޓް

Advertisement

ކޮމެންޓް