ޑރ. އަބްދުﷲ ވަހީދު އަވަހާރަ ވެއްޖެ

ހެލްތް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ވަހީދު އަވަހާރަ ވެއްޖެ އެވެ. ޑރ. ވަހީދު އަވަހާރަވީ މިއަދު ހެނދުނު ނިއުމޯނިއާއަށް ފަރުވާ ދެމުން ދަނިކޮށް އައިޖިއެމްއެޗުގައި އެވެ. އަވަހާރަވި އިރ...

20 Sep 2022 | 08:10

ހެލްތް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ވަހީދު އަވަހާރަ ވެއްޖެ އެވެ.

ޑރ. ވަހީދު އަވަހާރަވީ މިއަދު ހެނދުނު ނިއުމޯނިއާއަށް ފަރުވާ ދެމުން ދަނިކޮށް އައިޖިއެމްއެޗުގައި އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ65 އަހަރެވެ.

ޑރ. އަބްދުﷲ އަކީ ދައުލަތުގެ އިސް މަގާމުތަކެއް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ ރާއްޖޭގެ އެންމެ ފުރަތަމަ އޮޕަރޭޝަން ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ އިތުރުން ޑރ. ވަހީދު އަދާ ކުރައްވާފައިވާ އިތުރު މަގާމުތަކުގެ ތެރޭގައި އައިޖީއެމްއެޗުގެ ހިންގުމުގެ ވެރިޔާގެ މަގާމާއި، ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ މަގާމު ހިމެނެ އެވެ. އަދި ޕޮލިސް އިންޓިގްރިޓީ ކޮމިޝަންގެ ރައީސްގެ މަގާމުވެސް ހިމެނެ އެވެ.

ޑރ. އަބްދުﷲ ވަހީދު އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.

ޑރ. ވަހީދުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް