الله ގެ ހަޟްރަތުން ދަރުމައާއި ސަވާބަށް އެދި ޝައުބާން މަހު ރޯދަ ހިފުން ގިނަ ކުރޭ

މާތް ﷲގެ ހަޟްރަތުން ދަރުމަ އާއި ސަވާބަށް އެދި ޝައުބާން މަހު ރޯދަ ހިފުން ގިނަ ކުރުމަށް މިއަދުގެ ހުކުރު ހުތުބާއި ގޮވާލައިފި އެވެ. މިއަދުގެ ހުތުބާގެ މައުޟޫއަކީ "ޝައުބާންމަހުގެ ދުވަސްތަކުގައި ހެޔޮ އަމަލުކ...

04 Mar 2022 | 09:48

މާތް ﷲގެ ހަޟްރަތުން ދަރުމަ އާއި ސަވާބަށް އެދި ޝައުބާން މަހު ރޯދަ ހިފުން ގިނަ ކުރުމަށް މިއަދުގެ ހުކުރު ހުތުބާއި ގޮވާލައިފި އެވެ.

މިއަދުގެ ހުތުބާގެ މައުޟޫއަކީ "ޝައުބާންމަހުގެ ދުވަސްތަކުގައި ހެޔޮ އަމަލުކުރުން ގިނަކުރުން" އެވެ.

ހުތުބާގައި ބުނެފައިވަނީ މިއަދު ފެށިގެން މިދަނީ ހުރުމަތްތެރި ކުރެވިގެންވާ ރަޖަބު މަހާއި ބަރަކާތްތެރިވެގެންވާ ރަމަޟާންމަހާ ދެމެދުގައިވާ އަދި މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެމަހުގެ ދުވަސްތަކާމެދު ޣާފިލުވެފައިވާ ޝައުބާން މަސް ކަމަށެވެ. ހުތުބާގައި ބުނީ ޝައުބާން މަހު ރޯދަހިފުން ގިނަކުރުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް ކަމަށެވެ.

އެމަހުގެ ދުވަސްތަކަކީ ހެޔޮ އަމަލުގެ ފަތަށް ހެޔޮ އަމަލުތައް އިތުރުކޮށްލަން ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމަށާއި އެމަހުގައި ކުރަން އޮތް އެންމެ މުހިންމު ކަމަކީ ގިނަގިނައިން ރޯދަ ހިފުން ކަމަށް ބުންޏެވެ. އަދި ބުނީ, އެމަހަކީ މީސްތަކުންގެ އަމަލުތައް މާތް اللهގެ ހަޟްރަތުގައި އުފުއްލެވޭ މައްސަރެއް ކަމަށެވެ.

ތަފާތު ވަގުތުތަކާއި ދުވަސްތަކާއި ރޭތަކާއި މައްސަރުތައް މާތްކުރައްވައި, ކުރު އުމުރެއްގައި ގިނަގުނަ ހެޔޮކަންތައްތައް ކުރެވޭނެ ގޮތް މާތް الله ވަނީ މި އުންމަތުގެ މީހުންނަށްޓަކައި މިންވަރު ކުރައްވާފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އެ އަޅުކަންތައްތަކުގެ އަޖުރު މާތް الله އިތުރުކުރައްވާފައިވާ ކަމަށެވެ.

ހުތުބާގައި ބުނީ މާތް اللهގެ ހަޟުރަތުން ދަރުމައާ ސަވާބަށް އެދިގެން މީހަކު ރޯދައެއް ހިފައިފި ނަމަ, އެމީހެއް މޫނު އެތައް ހާސް ދުރުމިނަކަށް ނަރަކައާ ދުރުކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް