ﷲ އަކީ، އެކަލާނގެ އަޅުތަކުންނަށް، ކުރެވޭ ނުބައި ޢަމަލުތައް ވަންހަނާކޮށްދެއްވާ ރަސްކަލާނގެ: ޚުތުބާ

ﷲ އަކީ، އެކަލާނގެ އަޅުތަކުންނަށް، ކުރެވޭ ނުބައި ޢަމަލުތައް ވަންހަނާކޮށްދެއްވާ ރަސްކަލާނގެ ކަމަށާއި ރިވެތި ސިފަތަކާއި، މާތް އަޚްލާޤުގެ ތެރޭގައި އެހެން މީހުންގެ ޢައިބުތަކާއި، އުނި ސިފަތައް ފޮރުވައި ވަން...

07 Jan 2022 | 14:59

ﷲ އަކީ، އެކަލާނގެ އަޅުތަކުންނަށް، ކުރެވޭ ނުބައި ޢަމަލުތައް ވަންހަނާކޮށްދެއްވާ ރަސްކަލާނގެ ކަމަށާއި ރިވެތި ސިފަތަކާއި، މާތް އަޚްލާޤުގެ ތެރޭގައި އެހެން މީހުންގެ ޢައިބުތަކާއި، އުނި ސިފަތައް ފޮރުވައި ވަންހަނާކުރުން ކަމަށް މިއަދުގެ ހުކުރު ޚުތުބާ ގައި ހަނދާންކޮށްދީފިއެވެ.

"ތިމާގެ އަޚާ ފަޟީޙަތް ކުރުމުން ދުރުހެލިވުން" މަޢުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި އަޚްލާޤަކީ، އިސްލާމް ދީން އެކަމަށް އިސްކަން ދީފައިވާ އަސާސުތަކުގެ ތެރެއިން މަތިވެރި އަސާސްކަމަށާއި އިންސާނަކު ކުރާ އަލުތަކުން އޭނާއަށް ވާޞިލު ނުވެވޭ ފަދަ މަޤާމުތަކަށް، އޭނާގެ ރިވެތި އަޚްލާޤުގެ ސަބަބުން ވާޞިލު ވެވޭކަން ކީރިތި ރަސޫލާ ވެސް ބަޔާންކޮށްދެއްވާފައިވާކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ﷲ ގެ އަޅުތަކުން ފަޟީޙަތްނުކޮށް، އެމީހުންގެ ނުބައި ޢަމަލުތައް ވަންހަނާކޮށްދޭ މީހަކީ، ﷲ ދެކެ ބިރުގަންނަ، އާޚިރަތް ދުވަހުގެ ރައްކައުތެރިކަމަށް އެދޭ މީހާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި މީސްމީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ޚަބަރުތަކާއި، ފޮޓޯތަކާއި، ވީޑިއޯތައް ފަތުރަން ފަސޭހަ މިފަދަ ޒަމާނެއްގައި، މުސްލިމުން މި ކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެކަމަށް ވެސް ޚުޠުބާގައިވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް