މެމްބަރުންނަށް ގާސިމްގެ އިލްތިމާސް: ބިރު ނުގަނޭ، ކޮންމެ މަހުލޫގަކަށްވެސް ރިޒުގު ދެއްވަނީ މާތް ﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު އަންނަ އާދީއްތަ ދުވަހަށް ތާވަލް ކޮށްފައިވާއިރު ބިރު ނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަ...

23 Mar 2017 | 20:23

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު އަންނަ އާދީއްތަ ދުވަހަށް ތާވަލް ކޮށްފައިވާއިރު ބިރު ނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ މ. ކުނޫޒްގައި މިރޭ ކުރިއަށްދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ބިރު ނުގަނޭ، ކޮންމެ މަހުލޫގަކަށްވެސް ރިޒްގު ދެއްވަނީ މާތްﷲ" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރުންނަށް އިސާރާތް ކުރައްވާ ގާސިމް ވިދާޅުވީ ވެރިކަން މިހާރު ފެނިގެންދަނީ ރަސްކަމަކާއި ދިމާއަށް މިސްރާބު ޖަހާފައިވާ ތަން ކަމަށެވެ. ގާސިމް ވިދާޅުވީ ތިން ބާރު އެއް ބާރަކަށް ވަނީ މަޖިލީހުގެ މެމްބަރުން އެގޮތަށް ބަދަލުވުމުން ކަމަށެވެ.

މިރޭގެ ވާހަކަފުޅުގައިވެސް ގާސިމް ވިދާޅުވީ އިންސާފަކަށް ވެގެންދާނީ ޖުމްހޫރީ ޕާޓީން ވަކިގެވެގެން ދިޔަ މެމްބަރުން އައުމުން ކަމަށެވެ. އަދި ވަކިވެގެންދިޔަ މެމްބަރުން އަނބުރާ އައުމުން ކަންކަން ހަމަޖެހިގެންދާނޭ ކަމުގައިވެސް ގާސިމް ވިދާޅިވެ އެވެ.

"އިންސާނަކަށް ކުށްކުރެވިއްޖެއްޔާ އަވަހަށް އިސްލާހުވެ އަސްލަށް ރުޖޫއަވޭ، ވަކިވެގެންދިޔަ މެމްބަރުންނަށް އަދިވެސް ކުރީގެ މަގާމު އެބަ އޮތް" ގާސިމް ވިދާޅިވި އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައަށް އަލިއަޅުވާލަމުން ގާސިމް ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ބިރު ފަހަނައަޅާ ދާން ޖެހޭ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއް މިހާރު ނެތް ކަމަށެވެ.

ގާސިމް ވިދާޅުވ މަސީހު ވަކި ކުރެވިއްޖެނަމަ މޯޅިވެފައިވާ މާތަކަށް ދިރުން ލިބި ފޮޅި، ވަސްވެސް މީރު ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް