ނަސްރުﷲ އަވަހާރަކޮށްލިނަމަވެސް ޣައްޒާއާއި ފަލަސްޠީނަށް ދެމުން އަންނަ އެއްބާރުލުމާ އެހީތެރިކަމަށް ބަދަލެއް ނާންނާނެ: ހިޒްބުﷲ

ލުބުނާނުގެ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ އަވަހާރަކޮށްލި ނަމަވެސް ޣައްޒާއަށާއި ފަލަސްޠީނަށް ދެމުން އަންނަ އެހީތެރިކަމާއެ އެއްބާރުލުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގައި އެ ޖ...

28 Sep 2024 | 14:10

ލުބުނާނުގެ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ އަވަހާރަކޮށްލި ނަމަވެސް ޣައްޒާއަށާއި ފަލަސްޠީނަށް ދެމުން އަންނަ އެހީތެރިކަމާއެ އެއްބާރުލުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގައި އެ ޖަމާއަތުން ބުނެފިއެވެ.

އެ ޖަމާއަތުން ބުނެފައިވަނީ ޣައްޒާއާއި ފަލަސްޠީނުގެ ހައްގުގައި އަދި ދިފާއުގައި ހަނގުރާމަކުމުގައި ހިޒްބުﷲ އިން ދެމިއޮންނާނެ ކަމަށެވެ. އަދި އެ ޖަމާއަތުން ވަނީ ނަސްރުﷲ އަވަހާރަކޮށްލުމުގައިވެސް އަދި ޣައްޒާ ނައްތާލަން ދޭ ހަމަލާތަކުގައިވެސް އެމެރިކާއިން ވާގިވެރިވަމުން އަންނާތީ އެކަން ކުށްވެރިކޮށްފައެވެ.

ހިޒްބުﷲގެ ވެރިޔާ އަވަހާރަކޮށްލާފައިވަނީ އޒްރާއީލުން ރޭގައި ލުބުނާނަށް އަމާޒުކޮށް ދިން ވައިގެ ހަމަލާއެއްގައެވެ. އެ ހަމަލާގައި ނަސްރުﷲ އަވަހާރަވެފައިވާކަން ހިޒްބުﷲ އިން މިއަދު ވަނީ ކަށަވަރުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް