ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާ އައު ސަރުކާރުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އަބްދުﷲ ފަޔާޒް އައްޔަން ކުރައްވައިފިއެވެ.
ފަޔާޒް އެ މަގާމަށް އައްޔަންކޮށްފައިވަނީ ރައީސް އޮފީހުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ރޭގައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ފަޔާޒަކީ ރައީސް ޔާމީން ސަރުކާރުގައި މިހާރުގެ ރައީސް ޑރ. މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އޭގެ ފަހުން ރައީސް ސޯލިހްގެ ސަރުކާރުގެ ކުރީކޮޅު ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު އަދާކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް