ހުޅުމާލޭގައި ވަންވޭއާ ދެކޮޅަށް ދުއްވަނިކޮށް ހިނގި އެކްސިޑެންޓު -- ފޮޓޯ: ސޯޝަލް މީޑީއާ
ހުޅުމާލޭގައި ވަން ވޭއާ އިދިކޮޅަށް ތިން މީހުން އަރައިގެން ދުއްވި ސައިކަލުން ޖެހި ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި އެކަކު ވެންޓިލޭޓަރުންނަގައިފި އެވެ.
މި އެކްސިޑެންޓު ހިނގީ މިމަހުގެ އަށް ވަނަ ދުވަހު މެންދަމު އެވެ. އެކްސިޑެންޓުގައި ފަސް މީހުންނަށް ހޮޕިސްޓަލުގައި ފަރުވާ ދިން އިރު ހާލު ސީރިއަސްވީ ގަވައިދުން ދުއްވަމުން ދިޔަ ސައިކަލުގައި ތިބި ދިވެހި ދެ ފިރިހެނުންނަށެވެ. އެމީހުންނަށް މިހާތަނަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައި އެވެ.
އައިޖީއެމްއެޗުން މީޑިއާގައި ބުނީ އޭގެ ތެރެއިން އެކަކު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ. އަދި އެމީހާއަށް ހައި ޑިޕެންޑެންސީ ޔުނިޓު (އެޗްޑީޔޫ) ގައި ފަރުވާދެމުންދާ ކަމަށެވެ. އަނެއް މީހާގެ ހާލަތަށް އަދި ބަދަލެއް ނާންނާތީ ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި އެވެ.
މި އެކްސިޑެންޓު ހިނގި އިރު ތިން މީހުން އަރައިގެން ތިބި ސައިކަލު ދުއްވީ ކްރިމިނަލް ކޯޓުގެ ބަންދު އަމުރެއް ތަންފީޒުވަމުން ދަނިކޮށް ތަޙުޤީޤު ނިމުމާ ގުޅިގެން ދޫކޮށްލި މީހެއްކަންވެސް ވަނީ ހާމަވެފައި އެވެ. ހ. ލާމިޔާ، އަޙުމަދު އުވެއިސް 22 އަހަރު ފުލުހުން ދޫކޮށްލީ ގެސްޓް ހައުސްއަކަށް ފޭކް ސްލިޕެއް ފޮނުވައިގެން ފައިސާ ދެއްކި ކަމުގެ ތުހުމަތުގައި 15 ދުވަހަށް މުއްދަތު ޖަހާފައިވަނިކޮށް މުއްދަތު ހަމަ ނުވަނީ ތަހުގީގު ނިމުމުންނެވެ.
އޭނާއަށް ހޮސްޕިޓަލުގައި އަދިވެސް ފަރުވާ ދެމުންދާއިރު އެ ސައިކަލުގައި އިން އިރުމަތީގެ / ލ.މާމެންދޫ، މުޙައްމަދު ސައިފް (27އ) ވަނީ ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމުން ހައްޔަރުކޮށްފައި އެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް ވަނީ ބަންދުކޮށްފައި އެވެ.
މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތައް ލިބުނު ދެމީހުންނަކީ ދެބެންގެ ދެދަރި މީހުން ކަމަށް މައުލޫމާތު ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް