ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު، ޝިންޒޯ އަބޭގެ ޖަނާޒާގައި އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ޢަބްދުالله ޝާހިދު ބައި...

27 Sep 2022 | 10:58

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ޢަބްދުالله ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ހެނދުނު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވި މި ޖަނާޒާގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލާއި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޙަސަން ޞާބިރު ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަނާޒާގައި ޤައުމުތަކުގެ ލީޑަރުންނާއި އެކި ޤައުމުތަކުގެ ޢިއްޒަތްތެރިންވެސް ގިނަ ޢަދަދަކަށް ބައިވެރިވެވަޑައިގެންނެވިއެވެ.

ޝިންޒޯ އަބޭ އަވަހާރަވީ، 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ކުރިއަށްދިޔަ އާންމު އެއްވުމެއްގައި ޝިންޒޯ އަބޭއަށް އަމާޒުކޮށް މީހަކުދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ސަބަބުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް