ލުބުނާނު ފަޅިން ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާތަކެއް

ލުބުނާނާ ވީ ފަޅިން އިޒްރޭލަށް ހަމަލާތަކެއް އަމާޒުވެއްޖެއެވެ. މި ހަމަލާތަކުގެ ޒިންމާ ހަނގުރާމަވެރި ޖަމާއަތެއްކަމުގައިވާ ހިޒްބުﷲ ލުބުނާނު ގޮފިން ވަނީ ނަގާފައެވެ. މި ހަމަލާއާއި ދެކޮޅަށް ރައްދު ހަމަލާތަކެ...

08 Oct 2023 | 06:03

ލުބުނާނާ ވީ ފަޅިން އިޒްރޭލަށް ހަމަލާތަކެއް އަމާޒުވެއްޖެއެވެ.

މި ހަމަލާތަކުގެ ޒިންމާ ހަނގުރާމަވެރި ޖަމާއަތެއްކަމުގައިވާ ހިޒްބުﷲ ލުބުނާނު ގޮފިން ވަނީ ނަގާފައެވެ. މި ހަމަލާއާއި ދެކޮޅަށް ރައްދު ހަމަލާތަކެއް ދޭން ފަށާފައިވާކަމަށް އިޒްރޭލުންވެސް ވަނީ ބުނެފައެވެ.

ހިޒްބުއްލާއިން ހަމަލާތައް ދޭން ފެށުމާއެކު އިޒްރޭލަށް މިވަނީ އިތުރު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ގައުމާ މުހާތަބުކުރައްވާ ވިދާޅުވީ މި ހަނގުރާމަ ދިގުދެމިގެން ގޮސްދާނެ ކަމަށެވެ.

އޭނާ ވަނީ ގާޒާ އަކީ ފަޅުތަނެއް ކަމުގައި ހަދާލާނެކަމުގެ އިންޒާރުވެސް ދީފައެވެ. އަދި ގާޒާގެ ތިބި ރައްޔިތުން އެ ބިން ދޫކޮށް ދިއުމަށްވެސް އޭނާ ގޮވާލިއެވެ.

ހަމާސް އިން އިސްވެ އޮވެ އިއްޔެ ދިން ވަރުގަދަ ހަމަލާ ވެގެންދިޔައީ އިޒްރޭލަށް ކުއްލި ސިހުމެއް ގެނުވި، އިޒްރޭލުގެ ދިފާއީ ނިޒާމު ފެއިލްކޮށްލި އަދި އިޒްރޭލު ކުޑަކަކޫމައްޗަށް ތިރިކޮށްލި ހަމަލާތަކަކަށެވެ. އަދިވެސް ވަރުގަދައަށް ހަމަލާތައް ބަދަލުކުރެވެމުން އަންނައިރު މިހާތަނަށް މި ހަމަލާތަކުގައި އިޒްރޭލުން 250 އަށްވުރެ ގިނަ މީހުން އަދި ފަލަސްތީނު/ގާޒާއިން 230 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ހަމާސް އިން ބުނެފައިވަނީ މި ހަމަލާތަކަކީ އިޒްރޭލުން ހުއްޓުމެއްނެތި މަސްޖިދު އަލް އަގްސާއާއި މުސްލިމުންނަށް ކުރަމުންއައި ފުރައްސާރައަށް ދޭން ފެށި ރައްދު ހަމަލާތަކެއް ކަމަށެވެ. އިޒްރޭލުން ފޭރެމުން އަންނަ ފަލަސްތީނުގެ ބިންތަކުގެ ދިފާއުގައި ދޭ ރައްދު ހަމަލާތަކެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް