އިއްޔެ ފެނިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ މާލިމީ ކަމުގައި ރާއްޖެއަށް ލިބެމުންދާ ތަރައްގީ ރައްޔިތުން ބަލައިގަންނަމުންދާތަން ކަމުގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ވަޒީރު އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ އިއްޔެ ކުރިއަށްދިޔަ، ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އިބްރާހިމް ޝާޒް އަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓެއްގައެވެ.
" الحمدالله ،ގުރައިދޫ ދާއިރާ ރަން ރީނދުލުން ޖަރީވެއްޖެ" ވަޒީރު ވިދާޅުވެފައިވެއެވެ.
އަބްދުﷲ ޝާހިދުގެ އެ ޓްވީޓްގައި ޝާޒް އަށާއި ރައީސް ސޯލިހަށާއި އެމްޑީޕީއަށް ތަހުނިޔާ ދަންނަވާފައިވެއެވެ.
"މި ފެންނަމުންދަނީ މާތްﷲ ގެ ހެޔޮ ރަހްމަތްޕުޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ މާލިމީ ކަމުގައި ރާއްޖެއަށް ލިބެމުންދާ ތަރައްގީ ރައްޔިތުން ލޯބިން ބަލައިގަންނަމުންދާތަން" އަބްދުﷲ ޝާހިދު ވިދާޅުވެފައިވެއެވެ.
އިއްޔެ ކުރިއަށްދިޔަ ބައި އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް ޝާޒް ކާމިޔާބު ކުރެއްވީ ޕީޕީއެމް އަދި އެމްއެންޕީގެ ކެނޑިޑޭޓުންނާއި ވާދަކުރައްވާ ވޯޓުގެ 50 އިންސައްތައަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ.
ފެށުނީއްސުރެ ޕީޕީއެމްގެ ދާއިރާއެއްގެ ގޮތުގައި އޮންނަ އެމްޑީޕީގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވާއިރު މިއީ އެ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއްކަމުގައި އެމްޑީޕީން ގަބޫލުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް