ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމަށް ޢަބްދުﷲ ނާޞިރު އައްޔަން ކުރައްވައިފިއެވެ.
އަބްދުﷲ ނާސިރު އެ މަގާމަށް އައްޔަންކޮށްފައިވަނީ ރައީސް އޮފީހުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ރޭގައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
އަބްދުﷲ ނާސިރު މީގެ ކުރިން ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ މެންބަރެއްގެ ގޮތުގައެވެ. ޑރ. މުއިއްޒުގެ މޭޔަރު ކަމުގައި ނާސިރު ސިޓީ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވިއިރު އަބްދުﷲ ނާސިރަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޑރ. މުހައްމަދު މުއިއްޒާއި ވަރަށް ގާތުން މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް