އިސްލާމީ އީދުތަކަކަކީ ﷲ ތައާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގެ މަތީގައިވާ މުނާސަބާތަކެއް ކަމަށް މިއަދުގެ އީދު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
ޚުތުބާގައި ބުނީ މާތްﷲ ހައްޖާއި އީދު ޝަރުއު ކުރައްވާފައިވަނީ މި އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް އަދި އެއްބަޔަކު އަނެއްބަޔަކާއެކު އެކުވެރިކަން މަތީ ދިރިއުޅުމަށްޓަކައި ކަމަށެވެ. އަދި އީދާއި ހައްޖުގައި ސުލްހަމަސަލަސް ކަމާއި އަމަންއަމާންކަންވާ ކަމަށެވެ.
އިސްލާމްދީނުގައި އީދު ފެށެނީ ތަކުބީރުން ކަމަށާއި އެއީ އެންމެންނަށް އިއުލާނުކުރެވޭ އުފާވެރިކަމެއް ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެއީ އުންމަތުގެ އެއްވެސް ފަރުދަކު އެކަހެރިނުކޮށް އެންމެން ޝާމިލުވާ ގޮތަށް އޮތް އުފަލެއް ކަމަށް ވެސް ބުނެފައިވެއެވެ.
"އިސްލާމީ އީދުތަކުގައި އޮތީ އުފާވެރިކަމާއި މުނިފޫހިފިލުވުން. ހިތްތަކުގެ ސާފުކަމުންނާއި މޫނުތަކުގެ އުފާވެރިކަމުން. އެކަނިވެރިޔާގެ އެކަނިވެރިކަން ފިލުވައިދީގެން. ފަގީރު މީހާގެ މުހުތާދުތައް ފުއްދައިދީގެން. ނިކަމެތިމީހާ ބާރުވެރިކޮށްދީގެން. ބީރައްޓެހިމީހާ ރައްޓެހި ކުރުވައިގެން. އިސްލާމްދީނުގައި އީދަކީ ޝަހުވަތްތަކުގެ ފަހަތުން ދުއްވައިގަތުމެއް ނޫން." ޚުތުބާގައި ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް