ހިތަދޫއިން ގެއްލުނު އުބައިދުﷲގެ ފެނިއްޖެ

އައްޑޫ ސިޓީ ހިތަދޫން ޒުވާނަކު ގެއްލިގެން ހޯދަން އާންމުންގެ އެހީތެރިކަމަށް އެދުނުތާ ގަޑިއެއްހާއިރު ފަހުން ހަބަރު ވެއްޖެ އެވެ. ފުލުހުން ބުނެފައިވާގޮތުގައި އުބައިދުﷲ ހަސަން (28އ) ނަމަކަށް ކިޔާ މީހަކު ގެއ...

02 Oct 2022 | 20:20

އައްޑޫ ސިޓީ ހިތަދޫން ޒުވާނަކު ގެއްލިގެން ހޯދަން އާންމުންގެ އެހީތެރިކަމަށް އެދުނުތާ ގަޑިއެއްހާއިރު ފަހުން ހަބަރު ވެއްޖެ އެވެ.

ފުލުހުން ބުނެފައިވާގޮތުގައި އުބައިދުﷲ ހަސަން (28އ) ނަމަކަށް ކިޔާ މީހަކު ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ހެނދުނު އެވެ.

މިރޭ ފަހުން ފުލުހުންގެ މީޑިއާއިން ބުނީ އޭނާ އާއި ގުޅިއްޖެ ކަމަށެވެ. ފުލުހުންނާއި އޭނާ އާއި މުއާމަލާތް ކުރެވިފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އޭނާ ހުރީ މަސް ދޯންޏެއްގައި ކަމަށްވެ އެވެ.

https://twitter.com/PoliceMv/status/1576663719601659905

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް