ﷲ އާއި މެދު އަޅާގެ ހިތުގައި އޮންނަ ޔަޤީން ކަމާއި ބަރޯސާއަކީ އިންސާނާއަށް ބާއްޖަވެރިކަން ގެނެސްދޭ ކަމެއް - ހުކުރު ޚުތުބާ

ޝައްކެތްވެސް ނެތް ގޮތުގައި ﷲ ތަޢާލާއަށް އލާގެ ހިތުގައި އޮންނަ ޔަޤީން ކަމާއި ބަރޯސާއަކީ އިންސާނާއަށް ބާއްޖަވެރިކަން ގެނެސްދޭނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. ޝައްކެތްވެސް ނެ...

28 Oct 2022 | 09:52

ޝައްކެތްވެސް ނެތް ގޮތުގައި ﷲ ތަޢާލާއަށް އލާގެ ހިތުގައި އޮންނަ ޔަޤީން ކަމާއި ބަރޯސާއަކީ އިންސާނާއަށް ބާއްޖަވެރިކަން ގެނެސްދޭނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

ޝައްކެތްވެސް ނެތް ގޮތުގައި ﷲ ތަޢާލާއަށް އލާގެ ހިތުގައި އޮންނަ ޔަޤީން ކަމާއި ބަރޯސާއަކީ އިންސާނާއަށް ބާއްޖަވެރިކަން ގެނެސްދޭނެ ކަމެއް ކަމަށާއި މިޔަޤީންކަން ލިބޭނީ ހަމަ އެކަނި އީމާން ކަމުންނެވެ.

މި ޔަޤީންކަން ލިބުމުން އިންސާނާއަށް އޭނާގެ ނަފުސާއި މެދު ޔަގީންކަން އުފެދި ހަޔާތުގައި ދިމާވާ އެކިއެކި ކަންކަމާއި މެދު ހާސްވުމާއި ކަންބޮޑުވުން ނެތިދާނެއެވެ. އަދި ހުރިހާކަމެއް ވެސް މިލްކްވެ ވޮޑިގެން ވަނީ ﷲ ތަޢާލާއަށް ކަން ޤަބޫލު ކުރާނެއެވެ. މާތް ﷲ ވަޙީކުރައްވަވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވ. " އަދި ﷲ ތިބާއަށް ގެއްލުމެއް މެދުވެރި ކުރައްވާނަމަ އެކަނލާންގެ މެނުވީ އެކަން ފިއްލަވާނޭ އެހެން ފަރާތެއް ނުވެއެވެ. އަދި އެކަލާންގެ ތިބާއަށް ހެޔޮ ކަމެއް މެދުވެރި ކުރައްވާނަމަ އެކަން ދުރުކުރާނޭ އެހެން ފަަރަަތެއް ނުވެއެވެ. ފަހެ އެކަލާންގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާންގެއެވެ." ޚުތުބާގައި ވިދާލުވެފައިވެއެވެ.

މީގެ އިތުރުން ރިޒުޤު ދެއްވާ ފަރާތަކީ ﷲ ތަޢާލާ ކަމާއި މީސްތަކުގެ މެދުގައި އެކި މިންވަރަށް ﷲ ތަޢާލާ މުބާ ބައްސަވާފައިވާ ކަންވެސް ޤަބޫލު ކުރާނޭ ކަމަށް ޚުތުބާގައި ވިދާލުވިއެވެ.

މިއަދު ކޮންމެ މީހަކުވެސް ގަދައަޅައި، ބުރަ މަސައްކަތް ކުރަނީ، އުފާވެރި، ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށް ކަމަށާއި ނަމަވެސް ބާއްޖަވެރިކަން ދެއްވުމަށް  ވަޢުދުވެވޮޑިގެންނެވި ގަދަކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތައާލާ ހަނދުމަކުރަން ވެސް ހަނދާނެއް ނުހުންކަމަށް ވިދާޅުވިއެވެ. އެ ކަލާނގެ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ފަރުޟު ފަސްނަމާދު މަތިންވެސް ހަނދާން ނުހުންނަ ކަމަށާއި މާތް ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަޅުކަމަކީ ނަމާދުކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވިއެވެ.

މީގެ އިތުރުން ނަމާދަށް ރައްކާތެރިނުވެ، ކިތަންމެ ބުރަ މަސައްކަތެއް ކުރިކަމުގައި ވިޔަސް ބާއްޖަވެރިކަން ނުލިބޭނެ ކަމަށް ވިދާޅުވަމުން ލޮބުވެތި ނަބިއްޔާ ބިލާލުގެފާނަށް ހަދީޘްކުރެއްވި ބަސްފުޅެއް ވެސް ގެންނަވާފައިވެއެވެ. އެގޮތުން މާތް ނަބިއްޔާ ބިލާލުގެ ފާނަށް ހަދީސްކުރެއްވި މި ބަސްފުޅުގައި ވަނީ:

އޭ ބިލާލުވެ! ނަމާދަށް ގޮވާލާށެވެ! ނަމާދުން އަހަރެމެންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދޭށެވެ!” އަދި ފަތިސް ނަމާދުގެ ސުންނަތް ދެ ރަކުޢަތް ކުރާމީހަކަށް ހުރި ބާއްޖަވެރިކަމާއި، ދަރުމައިގެ މަތިވެރިކަން ބަޔާންކުރައްވަމުން އިތުރު އެކަލާގެފާނު ހަދީޘް ކުރެއްވިއެވެ. ” ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަަށްވުރެ ފަތިސް ނަމާދުގެ ސުންނަތް ދެ ރަކުޢަތް މާ ހެޔޮކަން ބޮޑުވެގެންވެއެވެ.” މިފަދައިންނެވެ.

ހަޤީޤީ ބާއްޖަވެރިކަމަކީ މިއީ ނޫންތޯ ސުވާލު ކުރައްވަމުން އެ މަތިވެރިކަމާއި ބާއްޖަވެރިކަން ޙާސިލުކުރުމަށްޓަކައި ނަމާދަށް ފަރުވާތެރި ވަނީ ކިތައް މީހުން ކަމާއި މެދުވެސް ވަނީ ސުވާލު އުފައްދާފައިވެއެވެ. ވަޒީފާއަށް ދިޔުމަށްޓަކައި ހެދުނު ހެނދުނާ ތެދުވާއިރު، ފަތިސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް މުހިއްމުކަން ދެނީ މަދުބައެއް ކަމަށާއި އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ބޭނުންވާނަމަ، ބާއްޖަވެރިކަމުގެ ދެ އަސާސު ކަމުގައިވާ އީމާންކަމާއި ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް އަވަސްވެގަތުމަށް އެންމެހައި މުސްލިމުތަކުންނަށް މިއަދުގެ ޚުތުބާގައި ވަނީ ވިޞިއްޔަތްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް