އަބްދުﷲ ޝާހިދުގެ ބައްޕަ އަވަހާރަވެއްޖެ

ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ބައްޕަ ޝައިޚް މޫސާ ޖަމީލް އަވަހާރަވެއްޖެއެވެ. އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ޝާހިދު ވަނީ މިވާހަކަ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައެވެ. ޝާހިދު ވިދާޅުވީ...

24 Apr 2024 | 03:27

ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ބައްޕަ ޝައިޚް މޫސާ ޖަމީލް އަވަހާރަވެއްޖެއެވެ.

އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ޝާހިދު ވަނީ މިވާހަކަ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައެވެ.

ޝާހިދު ވިދާޅުވީ ބައްޕަ އަވަހާރަވީ މިއަދު ހެނދުނު ކަމަށެވެ.

ޝާހިދުގެ ބައްޕަ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވެފައިވާއިރު، އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ގެންދިޔައީ ފަރުވާދެއްވަމުންނެވެ. އަދި އަވަހާރަވީ އެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށްނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް