ރަހުމްކުޑަގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި، އެ އަމަލު ހިންގުމުގައި ބައިވެރިވާ އެންމެހާ ފަރާތްތައް، މާތްﷲ ގެ ވާގިފުޅާއެކު ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނެސްދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ ޔާމީންގެ މަރާއި ބެހޭގޮތުން މިއަދު އާންމުކޮށްފައިވާ ނޫސްބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ސ ފޭދޫ، ޗަނބޭލީގެ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގު މިހާ ހިސާބަށް އައިއިރު، މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބި މައްސަލައިގެ ތުހުމަތުގައި އިތުރު ހަތަރު މީހަކު މިހާރު ވަނީ ހައްހަރުކޮށްފައި ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް 6 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި، މައްސަލައިގެ ތަހުގީގު ހަލުވިކަމާއެކު ކުރިއަށްދާ ވާހަކަ ދަންނަވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ލިބެމުންދާ ކުރިއެރުމާއެކު ތަހުގީގު ކާމިޔާބު ކުރެވުމުގެ ބޮޑު އުންމީދެއް ވަނީ ލިބިފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް