ޢިލްމާ ބެހޭގޮތުން ޢުމަރު ރަހިމަހު الله ގެ މިބަސްފުޅާމެދު ވިސްނާލަމާ

ޢިލްމު ހާސިލުކުރުމުގައި ވަރުގަދަ ޢަޒުމަކާއި އިހްލާސްތެރި ނިޔަތަކާއި ބޭނުމެއް އޮތުމަކީ ވަރަށް މުހިއްމުކަމެކެވެ.އެގޮތުން ޙަލީފާ ޢުމަރު ރަހިމަހު الله ވިދާޅުވި މި ބަސްފުޅުގެ މާނައަށް ވިސްނާލަމާތޯއެވެ. ޢުމ...

16 Dec 2022 | 16:29

ޢިލްމު ހާސިލުކުރުމުގައި ވަރުގަދަ ޢަޒުމަކާއި އިހްލާސްތެރި ނިޔަތަކާއި ބޭނުމެއް އޮތުމަކީ ވަރަށް މުހިއްމުކަމެކެވެ.އެގޮތުން ޙަލީފާ ޢުމަރު ރަހިމަހު الله ވިދާޅުވި މި ބަސްފުޅުގެ މާނައަށް ވިސްނާލަމާތޯއެވެ.

ޢުމަރުގެފާނު ވިދާޅުވިއެވެ. "ތިންކަމަކަށްޓަކައި ޢިލްމު ހާސިލު ނުކުރާށެވެ.އަދި ތިންކަމެއްގެ ސަބަބުން އިލްމު ހާސިލުކުރުން ހުއްޓާވެސް ނުލާށެވެ!" މިބަސްފުޅާއި ވިދިގެން ޢިލްމު ހާސިލުނުކުރަންވީ ތިންބޭނުމެއްގެ ގޮތުގައި ވިދާޅުވެފައިވަނީ "ޒުވާބު ކުރުމަށްޓަކައި އިލްމު ހާސިލް ނުކުރާށެވެ! އަދި ފަޙުރުވެރިވުމަށްޓަކައިވެސް ޢިލްމު ހާސިލު ނުކުރާށެވެ! އަދި ދެއްކުމަށްޓަކައިވެސް ޢިލްމު ހާސިލުނުކުރާށެވެ!"

އަދި ޢިލްމު ހާސިލުކުރުން ހުއްޓާނުލަންވީ ތިންކަމުގެ ގޮތުގައި ވިދާޅުވެފައިވަނީ ގަންނަ ލަދެއްގެ ސަބަބުން ޢިލްމު ހާސިލުކުރުން ހުއްޓައިނުލުމާއި، ބޭނުމެއް ނެތްކަމޭ ހީކޮށް ޢިލްމު ހާސިލުކުރުން ހުއްޓާނުލުމާއި އަދި جهل (ނުކިޔެވުނަސް ވަރިހަމައޭ ބުނެ) ޢިލްމު ހާސިލުކުރުން ހުއްޓައިނުލުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް