އިސްރާއީލުގެ އެންމެ ވަރުގަދަ އެއް ސިޓީ ކަމުގައިވާ "ހައިފާ" އަށް ހިޒްބުﷲ ޖަމާއަތުން ވަރުގަދަ ރޮކެޓު ހަމަލާތަކެއް ދީފިއެވެ.
އިސްރާއީލާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ޕޯޓު ސިޓީއެއްގެ ގޮތުގައި މަޝްހޫރު "ހައިފާ" ސިޓީއަށް ލުބުނާނު ފަޅިން ވަނީ ފަސް ރޮކެޓެއް ފޮނުވާލައި އެ ހަމަލާ ކާމިޔާބުކޮށްފައެވެ.
އެ ހަމަލާތަކުގައި ފަސް މީހަކު ޒަޚަމްވެފައިވާކަން އިސްރާއީލުންވެސް ހާމަކޮށްފައިވެއެވެ.
އިސްރާއީލުގެ ކަނޑުގެ ސިފައިންގެ މައި މަރުކަޒު ހުންނަ އަދި ކެމިކަލް ގުދަންތައްވެސްގިނަ "ހައިފާ" އަށް ދިން ކާމިޔާބު ހަމަލާއަކީ ހިޒްބުﷲ އިން ދިން ވަރުގަދަ މެސެޖެއްގެ ގޮތުގައި މުރާސިލުން ސިފަކުރެއެވެ.
"ހައިފާ" ސިޓީއަކީ ތިން ލައްކައަށްވުރެ ގިނަ އާބާދިއެއް ދިރިއުޅޭ އިސްރާއީލަށް އެންމެ މުހިންމު އެއް ސަރަހައްދެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މިއީ "ހައިފާ"ގެ ރައްޔިތުންނަށް މި ހަނގުރާމައިގެ ރަހަ ފެނުނު ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް