ލުބުނާނުގެ ހިޒްބުﷲ އާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުގެ ވެރިން މިއަދު ބައްދަލުކޮށްފައިވާކަމަށް ހިސްބުﷲގެ ރަސްމީ ޓީވީ އަލް-މަނާރު ޓީވީން ބުނެފިއެވެ.
އެ ޓީވީން ރިޕޯޓްކޮށްފައިވާގޮތުގައި ލީޑަރުން މަޝްވަރާ ކުރީ މިހާރު ކުރިއަށްދާ ހަނގުރާމައިގާ ފުރިހަމަ ނަޝްރެއް ހޯދުމާއި ގުޅޭގޮތުންނެވެ.
މި ބައްދަލުވުމުގައި ބައިވެރިވީ ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ހަސަން ނަސްރުﷲ އާއި ހަމާސްގެ ޑެޕިއުޓީ ޗީފް ސާލެހް އަލް-އަރޯރީ އާއި އިސްލާމިކް ޖިހާދުގެ ޗީފް ޒިއާދު އަލް-ނަޚަލާ ކަމުގައިވެސް އަލް-މަނާރު ޓީވީން ރިޕޯޓްކޮށްފައިވެއެވެ.
ތިން ޖަމާއަތުގެ އިސްވެރިން މިއަދު ބައްދަލުކޮށް މަޝްވަރާކޮށްފައިވާއިރު އިޒްރޭލުން ދަނީ ހުއްޓުމެއްނެތި ޣައްޒާ އަށް ވައިގެ ހަމަލާތައްދީ ކުށެއް ނެތް އެތައް މުސްލިމުންނެއް މަރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް