ހިޒްބުﷲ ހަނގުރާމަވެރިން ދިން ހަމަލާއެއްގައި އިޒްރޭލުގެ ދެމީހަކު މަރާލައިފި

ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން އިޒްރޭލުގެ ވެހިކަލްތަކަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އިޒްރޭލުގެ ދެ މީހަކު މަރުވެ ހަތް މީހަކު ޒަހަމް ވެއްޖެ އެވެ. މިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން އިޒްރޭލު ސިފައިނ...

29 Jan 2015 | 01:13

ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން އިޒްރޭލުގެ ވެހިކަލްތަކަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އިޒްރޭލުގެ ދެ މީހަކު މަރުވެ ހަތް މީހަކު ޒަހަމް ވެއްޖެ އެވެ.

މިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން އިޒްރޭލު ސިފައިންގެ ރަސްމީ ޓްވިޓާ އެކައުންޓްގައި އާންމުކޮށްފައިވާ ކުރު ބަޔާނެއްގައި ބުނެފައިވަނީ ބޯޑަރު ހުރަސްކޮށް ދިން ހަމަލާއެއްގައި ދެމީހަކު މަރުވެ ހަތް މީހަކު ޒަހަމްވެފައިވާކަމަށެވެ. އަދި މިކަމުގެ ޒިންމާ ހިޒްބުﷲ ޖަމާއަތުގެ ބޮލުގައި އަޅުވާ ކަމަށެވެ.

ހިޒްބުﷲ އިންވެސް މިކަމަށް ދެކޮޅު ހަދާފައެއް ނުވެ އެވެ. އެ ޖަމާއަތުގެ އަލްމަނާރު ޓީވީން ބުނީ އެ ހަމަލާގައި އިޒްރޭލުގެ ނުވަ ވެހިކަލަކަށް އެކިވަރުގެ ގެއްލުންވި ކަމަށާއި ހަމަލާގެ އިތުރު ތަފްސީލް ފަހުން އާންމު ކުރާނެ ކަމަށެވެ.

މިހަމަލާ އދ އިން ވަނީ ކުށްވެރިކޮށްފައިވާއިރު އިޒްރޭލުން އދ އަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު ރޮން ޕްރޮސޯ، އދ ގެ ސެކިއުރިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެގައުމުގެ ރައްޔިތުންގެ ދިފާއުގައި ދެން މަޑުން ތިބެވެން ނެތް ކަމަށާއި އިޒްރޭލުގެ ރައްޔިތުންގެ ހިމާޔަތުގައި ކުރަން ޖެހުނު ކަމެއް ކުރާނެ ކަމަށެވެ.

ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާތަކެއް ދީފައިވާއިރު މި ދުވަސްވަރަކީ އިރާނާއި އިޒްރޭލާ ދެމެދުވެސް މަސްރަހު ހޫނުވެފައިވާ ދުވަސްވަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް