ކައުބަތުﷲ ގެފުޅާއި ހަޖަރުލް އަސްވަދުގެ ވަށައިގެން ޖަހާފައިވާ ފެންސު ނަގައިފި

ކައުބަތުﷲ ގެފުޅާއި ހަޖަރުލް އަސްވަދުގެ ވަށައިގެން ޖަހާފައިވާ ފެންސު ނަގައިފި އެވެ. މި ފެންސު ޖެހީ2020 ވަނަ އަހަރުގެ ޖޫން މަހު ކޯވިޑްގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. މާތްވ...

04 Aug 2022 | 07:17

ކައުބަތުﷲ ގެފުޅާއި ހަޖަރުލް އަސްވަދުގެ ވަށައިގެން ޖަހާފައިވާ ފެންސު ނަގައިފި އެވެ.

މި ފެންސު ޖެހީ2020 ވަނަ އަހަރުގެ ޖޫން މަހު ކޯވިޑްގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

މާތްވެގެންވާ ދެ މިސްކިތުގެ ޖެނެރަލް ޕްރެސިޑެންސީ އެފެއާޒް އިން ބުނީ ފެންސުތައް ނެގީ އިއްޔެ ހެނދުނު ކަމަށެވެ. އަދި މި ނިންމުމަކީ ކައުބަތުﷲ ގެފުޅަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ދިގު އިންތިޒާރެއްގެ ނިންމުން ކަމަށް ބުނެފައިވެ އެވެ.

ފެންސު ނަގަން ނިންމީ ހިޖްރީ އާ އަހަރުގެ އުމްރާވެރިންނަށް މަރުހަބާ ކިޔުމަށެވެ. އަދި އާ އަހަރުން ފެށިގެން އުމްރާ އާއި ހައްޖުގެ އަޅުކަމަށްދާ ފަރާތްތަކަށް ގެފުޅާއި ހަޖަރުލްއަސްވަދުގައި އަތްލައި ބޮސްދީ ވަސްގަތުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

ކޯވިޑާއި ގުޅިގެން މާތްވެގެންވާ ދެ މިސްކިތުގައި އެޅި ފިޔަވަޅުތަކުގެ ތެރޭގައި ގައިދުރު ކަމާއި އެކު އަޅުކަން އަދާ ކުރުން ހިމެނެ އެވެ. އަދި ވަކި އަދަދަކަށް މީހުން ވަނުމުގެ ހުއްދަ ދިން ދުވަސްތަކެއްވެސް ދިޔަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް