ވެރިކަމުގެ ބާރުތައް ދެއްވާނީ މާތް ﷲ، އިންސާނުންނެތް ނޫން: އަދީބު

ވެރިކަމުގެ ބާރުތަކާއި އިންސާނުންގެ ފުރާނަ ދެއްވަނީ މާތްﷲ ކަމަށާއި އަނބުރާ ގެންދަވާނީ ވެސް އެފަރާތުންކަން ހަނދާން ކުރަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ. ހުދުމުހުތާރު ...

17 Jan 2015 | 07:00

ވެރިކަމުގެ ބާރުތަކާއި އިންސާނުންގެ ފުރާނަ ދެއްވަނީ މާތްﷲ ކަމަށާއި އަނބުރާ ގެންދަވާނީ ވެސް އެފަރާތުންކަން ހަނދާން ކުރަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ހުދުމުހުތާރު ސަރުކާރެއް ހިންގަން ޖާގަ ނުދޭނެ ކަމަށާއި ސަރުކާރު ފަލީހަތްކޮށްލާނެ ކަމަށް ބުނެ، އެމްޑީޕީގެ އިސްވެރިން ރޭ ބޭއްވި "ޑިމޮކްރެސީ އަށް އާ އުންމީދެއް" ޖަލްސާގައި ވާހަކަފުޅުދައްކާފައި ވަނިކޮށް، އަދީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ރައީސް ކަމާއި ވެރިކަމާއި ބާރުވެރިކަން އަދި ފުރާނަ ވެސް ދެއްވާނީ މާތްﷲ ކަމަށާއި އިންސާނުން ނޫން ކަމަށެވެ.

https://twitter.com/Ahmed_Adeeb/status/556310286995439616

ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ރައީސް ޔާމީން ދިވެހިރާއްޖެ އަލުން އަނބުރައި ހުދުމުހުތާރު ވެރިކަމުގެ ތެރެއަށް ގެންދެވުމަށް ކުރައްވާ މަސައްކަތް ފެއިލް ކޮށްލާނެ ކަމަށާއި ރައްޔިތުންނަށް ހެޔޮވެރިކަމެއް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައި އެވެ.

އަދީބުގެ އެ ޓުވީޓާއި ގުޅިގެން ބައެއް މީހުން ވަނީ މިފަހަކަށް އައިސް އަދީބު ގެންދަވަނީ ސޯޝަލް މީޑިއާގައި ސިޔާސީ ގޮތުން ބާރުގަދަ ކުރުމަށް ވާހަކަދައްކަވަމުން ކަމަށް ބުނެފައި އެވެ. އެގޮތުން ބައެއް މީހުން ވަނީ އަދީބު ދައްކަވާ ވާހަކަތަކަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިނެެއްގެ ގޮތުގައި ސިފަކޮށްފައި އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް