ރ. އަތޮޅު ކައުންސިލްގެ ނައިބު ރައީސަކަށް އަބްދުﷲ ރަޝީދު

ރ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސްގެ މަޤާމަށް ރ. އުނގޫފާރު ކައުންސިލްގެ ރައީސް އަބަދު ﷲ ރަޝީދު އިންތިޚާބު ވެވަޑައިގެންފިއެވެ. އެ މަގާމަށް އޭނާ އިންތިޚާބު ވެވަޑައިގަތީ، މިއަދު ކުރިއަށް ދިޔަ ރ. އަތޮޅު...

05 Aug 2021 | 16:07

ރ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސްގެ މަޤާމަށް ރ. އުނގޫފާރު ކައުންސިލްގެ ރައީސް އަބަދު ﷲ ރަޝީދު އިންތިޚާބު ވެވަޑައިގެންފިއެވެ.

އެ މަގާމަށް އޭނާ އިންތިޚާބު ވެވަޑައިގަތީ، މިއަދު ކުރިއަށް ދިޔަ ރ. އަތޮޅު ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވި އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި ނެގުނު ވޯޓުންނެވެ.

ޢަބްދު ﷲ ރަޝީދުގެ އިތުރުން ރ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސްގެ މަޤާމަށް ކުރިމަތި ލައްވާފައިވަނީ، ކިނޮޅަހު ކައުންސިލްގެ ރައީސް އަޙުމަދު ޙުސައިންއެވެ.

މި މަޤާމަށް ބޭފުޅަކު ހޮވުމަށް ނެގި ވޯޓުގެ ފުރަތަމަ ބުރުގައި ދެ ބޭފުޅުންގެ ވޯޓުވެސް ވަނީ އެއްވަރު ވެފައެވެ. ފުރަތަމަ ބުރުގައި، ދެ ބޭފުޅުންނަށް ވެސް 8 ވޯޓު ލިބިލެއްވުމާއެކު ދެވަނަ ބުރެެއްގެ ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދެވަނަ ބުރު އުނގޫފާރު ކައުންސިލްގެ ރައީސް ޢަބްދު ﷲ ރަޝީދު ކާމިޔާބު ކުރެއްވީ 10 ވޯޓާއިއެކުއެވެ. އަޙްމަދު ޙުސައިން އަށް ލިބިލެއްވީ 6 ވޯޓެވެ.

މި ޖަލްސާ ކުރިއަށް ދިޔައީ ރ. މީދޫގައެވެ. މިއީ ތާރީޚުގައި ވެސް މި ޖަލްސާ އުނގޫފާރުން ބޭރުގައި ބޭއްވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް