އަހަރު ނިމޭއިރު އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި އަދި ދިވެހި އެމްބަސީއެއް އެމެރިކާގައި ގާއިމްކުރެވިގެންދާނެ: އަބްދުﷲ ޝާހިދު

މި ހިނގާ 2022 ވަނަ އަހަރު ނިމޭއިރު ނުވަތަ އެންމެ ލަސްވެގެން އަންނަ 2023 ވަނަ އަހަރުގެ ކުރީކޮޅު އެމެރިކާގެ އެމްބަސީއެއް ދިވެހިރާއްޖޭގައި އަދި ދިވެހި އެމްބަސީއެއް އެމެރިކާގައި ހުންނާނެކަމުގައި ރާއްޖޭގެ ...

19 Sep 2022 | 00:53

މި ހިނގާ 2022 ވަނަ އަހަރު ނިމޭއިރު ނުވަތަ އެންމެ ލަސްވެގެން އަންނަ 2023 ވަނަ އަހަރުގެ ކުރީކޮޅު އެމެރިކާގެ އެމްބަސީއެއް ދިވެހިރާއްޖޭގައި އަދި ދިވެހި އެމްބަސީއެއް އެމެރިކާގައި ހުންނާނެކަމުގައި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ އެމެރިކާގެ ތިންކް ޓޭންކަކުން ކުރިއަށްގެންދިޔަ އިވެންޓެއްގައި ބައިވެރިވެ، ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރާއްޖެއަށް ހާއްސަ އެމެރިކާ އެމްބަސީ މިވަގުތު ހުންނަނީ ސްރީ ލަންކާގައެވެ. އެއީ ލަންކާ އަދި ރާއްޖެއަށް ހާއްސަ އެމެރިކާ އެމްބަސީއެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް ގާއިމްކުރިއެވެ. ނަމަވެސް ދެފަހަރުވެސް އެ އެމްބަސީ ބަންދުކޮށްފައިވާއިރު މިހާރު އެކަންކަން ބަލަހައްޓަމުން އަންނަނީ އެމެރިކާގައި ގާއިމްކޮށްފައި ހުންނަ ރާއްޖޭގެ، އދ ގެ މިޝަނުންނެވެ.

ރޮއިޓާސް އަށް ދެއްވި އިންޓަވިއުގައި އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ އެމްބަސީ އެމެރިކާގައި ގާއިމްކުރުމަށް ތަނެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަހަރު ނިމުމުގެ ކުރިއަށް ނޫންނަމަ އަންނަ އަހަރުގެ ކުރީކޮޅު މި އެމްބަސީން ހިދުމަތް ދޭން ފެށޭނެ ކަމަށެވެ.

ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް މި އަހަރު ނުވަތަ އަންނަ އަހަރުގެ ފަހުކޮޅުގައި ގާއިމްކުރެވިގެންދާނެކަން އަބްދުﷲ ޝާހިދު އިއުލާނުކުރައްވާފައިވާއިރު މި އެމްބަސީ ވެގެންދާނީ ތާރީހުގައި އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވިގެންދާ ފުރަތަމަ ފަހަރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް