އަބްދުﷲ ރިޔާޒްގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގާ ދެމީހަކު ހޯދަން އިއުލާނުކޮށްފި

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި މިހާރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގާ ދެމީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ. ހޯދަން ބޭނުންވާ ދެމީހުން ސައިކަލެއްގ...

26 Feb 2015 | 06:01

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި މިހާރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގާ ދެމީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.

ހޯދަން ބޭނުންވާ ދެމީހުން ސައިކަލެއްގައި ދުއްވާފައިދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ފުލުހުން އާންމުކޮށްފައިވާއިރު ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ ދެ މީހުންނަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާމީހުން ކަމަށެވެ.

https://www.youtube.com/watch?v=ucBrFI4ZoOU

އަދި މި މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް