އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ކޯޓަށް ހާޒިރުކޮށްފި

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ކޯޓަށް ހާޒިރުކޮށްފި އެވެ. މިއަދު ހެނދުނު 10:00 ގައި އިމްރާން ކޯޓަށް ހާޒިރުކޮށްފައި ވަނީ އެނގިފައިވާ ގޮތުގައި އޭނާގެ ބަންދާމެދު އަލުން ގޮތެއް ނިންމުމަށެވެ...

05 Aug 2015 | 06:05

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ކޯޓަށް ހާޒިރުކޮށްފި އެވެ.

މިއަދު ހެނދުނު 10:00 ގައި އިމްރާން ކޯޓަށް ހާޒިރުކޮށްފައި ވަނީ އެނގިފައިވާ ގޮތުގައި އޭނާގެ ބަންދާމެދު އަލުން ގޮތެއް ނިންމުމަށެވެ.

މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި، މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭ ގޮތަށް ވާހަކަދެއްކެވި ކަމަށް ބުނެ ދައުލަތުން އިމްރާންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.

އިމްރާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އިމްރާން ވަނީ ޝަރީއަތުގެ މަޖިލީހުގައި ޓެރަރިޒަމްގެ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.

އިމްރާން ބަންދުކުރުމަށްފަހު އޭނާ ހުންނެވީ ދޫނިދޫ ޖަލުގައި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ނަމަވެސް މިދިޔަ މަހުގެ 23 ވަނަ ދުވަހު އޭނާ ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމްގައިވަނީ ޝަރީއަތް ނިމެންދެން ޝެއިޚް އިމްރާން އަބްދުﷲ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމަށެވެ. ކޯޓުން މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރެއް ކޮށްފިނަމަ އެފަދަ ކުށްވެރިން މިހާރު ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކަރެކްޝަނުން ސާރވިސްގެ ބެލުމުގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް