ފޮރިން މިނިސްޓަރ ޢަބަދުﷲ ޝާހިދު މާލެ ވަޑައިގެންފި

ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ރާއްޖެވަޑައިގެންފިއެވެ. އެމަނިކުފާނު މިއަދު ރާއްޖެ ވަޑައިގަތީ އައު ވީއައިޕީ ޓަރމިނަލުންނެވެ. އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާ ޢަބްދުﷲ ޝާހިދު ރ...

07 Jan 2022 | 07:32

ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ރާއްޖެވަޑައިގެންފިއެވެ.

އެމަނިކުފާނު މިއަދު ރާއްޖެ ވަޑައިގަތީ އައު ވީއައިޕީ ޓަރމިނަލުންނެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާ ޢަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގަތީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ވާންގް ޔީ މިއަދު ރާއްޖެ ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، ދެޤައުމުގެ ދެމެދު ބާއްވަވާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓަރ މިއަދު ހަވީރު ރާއްޖެއަށް ވަޑައިގަންނަވަނީ، ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިދިޔަ މަހު ޗައިނާއަށް ކުރެއްވިި ދަތުރުފުޅުގައި ދެއްވި ދައުވަތަކަށެވެ.

މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާ ވެސް ޗައިނާގެ ފޮރިން މިނިސްޓަރު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އައު ވީއައިޕީ ޓަރމިނަލް ބޭނުންކުރައްވާ ބޭރުގެ ފުރަތަމަ ޑިޕްލޮމެޓަކަށްވެސް ވެވަޑައިގަންނަވާނީ ޗައިނާގެ ފޮރިން މިނިސްޓަރެވެ.  އައު ވީ.އައި.ޕީ ޓަރމިނަލްގެ މަސައްކަތްކޮށްފައިވަނީ، އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތްކޮށްފައިވާ ޗައިނާގެ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، (ބީ.ޔޫ.ސީ.ޖީ)އިންނެވެ.

އައު ވީ.އައި.ޕީ ޓަރމިނަލް ތަރައްޤީކޮށްފައިވަނީ، ހުޅުލޭ ހުޅަނގު ފަރާތުގައި ކުރިން އަކުއާ ރެސްޓޯރެންޓް ހިންގި ބިމުގައެވެ. މިއަދު ބޭނުންކުރަން ފެށި އައު ވީއައިޕީ ޓަރމިނަލަކީ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީކޮށްފައިވާ 4 ބުރީގެ ޢިމާރާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް