މާދަމާ ރެއަކީ ބޮޑު ތިލަދުންމަތި ބޮޑުކޮށް ދިއްލިގެން ދާނެ ރޭ ކަމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ ރައީސް ސޯލިހްގެ ޕްރައިމަރީ ކެމްޕޭނުގައި ހއ. ދިއްދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަބްދުﷲ ޝާހިދު އެ އިޝާރާތް ކުރެއްވީ މާދަމާރޭ ހދ. ހަނިމާދޫގައި ބާއްވާ ރަސްމިއްޔާތަށެވެ. އެ ރަސްމިއްޔާތަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ރަސްމީކޮށް ފެއްޓެވުމުގެ ޖަލްސާއެވެ.
އަބްދުﷲ ޝާހިދު ވިދާޅުވީ އެހެން ސަރުކާރުތަކުން ޖަހަނީ ބޯޑެއް ކަމަށާއި އެގޮތުން ބޯޑަކުން އެއްދުވަހު ހަނިމަދޫ އެއާޕޯޓް އިންޓަނޭޝަނަލް ކޮށްފައި އަނެއް ދުވަހު ނުވެދާނެ ކަމަށެވެ. ނަމަވެސް ރައީސް ސޯލިހްގެ މާލިމީ ކަމުގައި ހަނިމާދޫ އެއާޕޯޓް ވެގެންދާނީ ބޮޑުތިލަދުންމައްޗަށް އާރޯކަމާ ދިރުން ގެނެސްދޭނެ ކަމަކަށް ކަމުގައި ވިދާޅުވިއެވެ.
އަބްދުﷲ ޝާހިދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ރައީސް ސޯލިހް މި ޕްރައިމަރީވެސް ރިޔާސީ އިންތިހާބުވެސް ބޮޑުކޮށް ނަގާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް