އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އަބްދުﷲ ޒިޔާދު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑްގެ ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ޒިޔާދު އައްޔަނުކޮށްފިއެވެ. މި މަޤާމަށް ޒިޔާދު އައްޔަނުކޮށްފައިވަނީ މަޤާމުގައި ކުރި...

28 Nov 2023 | 13:18

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑްގެ ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ޒިޔާދު އައްޔަނުކޮށްފިއެވެ.

މި މަޤާމަށް ޒިޔާދު އައްޔަނުކޮށްފައިވަނީ މަޤާމުގައި ކުރިން ހުންނެވި އާދަމް އާޒިމް މަގާމުން ވަކި ކުރުމަށްފަހުގައެވެ.

ހ. ލައިނޫފަރުމާގޭ އަބްދުﷲ ޒިޔާދު އެ މަގާމަށް އައްޔަނުކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.

އެ ބޯޑުން މިއަދު ބުނެފައިވާގޮތުގައި ޒިޔާދު އެ މަގާމަށް އައްޔަނުކޮށްފައިވަނީ ގާނޫނު ނަމްބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނު) ގައިވާ ގޮތުގެ މަތިން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް