ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި މިހާރު ނެތިހިނގައްޖެ. އެކަން ބަދަލުކުރަން އެބަޖެހޭ: ސައުދުﷲ

ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި މިހާރު ނެތި ހިނގަށްޖެ ކަމަށާއި އެކަން އަލުން ކުރިން އޮތް ފޯރި ގެނަައުމަށް މަސައްކަތް ކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ސ...

26 Nov 2024 | 06:46

ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި މިހާރު ނެތި ހިނގަށްޖެ ކަމަށާއި އެކަން އަލުން ކުރިން އޮތް ފޯރި ގެނަައުމަށް މަސައްކަތް ކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ސައުދުﷲ ވިދާޅުވީ ގައުމެއްގައި ކުޅިވަރަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.

ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ސައުދުﷲ ވިދާޅުވީ ކުޑައިރުގައި ރާއްޖޭގައި ފުޓްބޯޅައަށް އޮތް ފޯރި ފެނިވަޑައިގެންނެވި ކަމަށާއި އޭރު ފުޓްބޯޅަ މުބާރާތެއްގެ ފައިނަލަށް ދާއިރު މުޅި މާލެއިން ފެންނާނީ ވާދަކުރާ ދެ ޓީމުގެ ދިދަތައް ކަމަށެވެ. އަދި ރާއްޖޭގެ ގައުމީ ދިދައަށްވުރެ ކުލަބުތަކުގެ ދިދަތައް މާ މަތީގައި ހުންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސައުދުﷲ ވިދާޅުވީ އޭރު ފުޓްބޯޅައޭ ބުނުމުން އެ ދުވަސްތަކުގައި ދައްކާނީ ވާދަވެރިކަމުގެ ވާހަކަކަމަށާއި ހިތާމައަކީ އެކަން މިހާރު ނެތްކަންކަމަށެވެ. އަދި މުބާރާތެއް ނިމި ތަށިތަކާއި އެއްޗެހި ހަވާލުކޮށް ނިމޭއިރު ވެސް ގިނަ ބަޔަކަށް އެކަން ނޭނގޭކަމަށް ވެސް ދައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ ވިދާޅުވީ ފުޓުބޯޅައިގެ ހާލަތު މިމހާދަށަށް ގޮސްފައިވާއިރު، އެކަން ބަދަލު ކުރެވޭތޯ މަޖިލިސް މެންބަރުން މަސައްކަތް ކުރަމުންދާކަމަށެވެ.

ސައުދުﷲ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހާލަތާ މެދު ރާއްޖޭގެ ކޮންމެ ދަރިއަކު ވެސް ހިތާމަކުރާނެ ކަމަށެވެ. މީގެ އެތައް އަހަރެއް ކުރިން މި ސަރަހައްދުން ގޯލްޑް މެޑަލް ހޯދައިގެން ރާއްޖޭގެ ޓީމްތައް އައުމުން ދެއްކި އުފާވެރިކަން މިއަދު ވެސް ދައްކަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ. ކުރިން ރާއްޖެއިން 8-0 ބަލިކުރަމުން ދިޔަ ޓީމްތައް މިއަދު ރާއްޖެ ބަލި ކުރަމުންދާ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

އޭގެއިތުރުން އެފްއޭއެމްގެ ހާލަތާމެދު ކުޅިވަރަށް ލޯބިކުރާ ކޮންމެ މީހަކު ހިތާމަ ކުރާނެ ކަމަށް ސައުދުﷲ ވިދާޅުވިއެވެ. އެފްއޭއެމް، އެތައް ބަޔަކަށް ދަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ހިޔާނަތާއި ވައްކަން ކޮށްފައިވާކަން ސާބިތުވާ ކަން ފާހަގަކޮށް ދައުދުﷲ ވިދާޅުވީ މި ހާލަތަށް ރާއްޖޭގެ ކުޅިވަރު ދިއުމަކީ ހިތާމައެއް ކަމަށާއި  އަދި ރަށްރަށުގައި ނުފެށިފައި ހުރި ކުޅިވަރުތައް ސަރުކާރުން ފަށާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް