ހިޒްބުﷲ އިން ހަނގުރާމައިގެ ތެރެއަށް ވަރުގަދައަށް ވަދެދާނެތަ !؟

މި ހިނގާ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ޣައްޒާގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކާއެކު އިޒްރޭލުން ރައްދު ހަމަލާތައް ހަމަ އެދުވަހު ދޭން ފެށި ވަގުތުން ލުބުނާނު ބޯޑަރާއި ވީ ފަޅިން ...

23 Oct 2023 | 07:25

މި ހިނގާ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ޣައްޒާގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކާއެކު އިޒްރޭލުން ރައްދު ހަމަލާތައް ހަމަ އެދުވަހު ދޭން ފެށި ވަގުތުން ލުބުނާނު ބޯޑަރާއި ވީ ފަޅިން ހިޒްބުﷲ އިންވެސް ހަމަލާތައް ބަދަލުކުރަމުން ގެންދިޔައެވެ.

އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ހިޒްބުﷲ އިން އަންނަނީ އިޒްރޭލުގެ އުތުރު ފަރާތަށް އެކި އެކި ހަމަލާތައް ދެމުންނެވެ. އެހެން ނަމަވެސް އެ ހަމަލާތައް މިއަދާ ހަމައަށްވެސް ދެމުން ގޮސްފައިވަނީ ހިޒްބުﷲގެ ފައުޖުތަކާއި އާރާއި ބާރަށް ބަލާއިރު ވަރަށް ދަށް ސްކޭލެއްގައެވެ.

މަސްރަހު ދިރާސާކުރާފަރާތްތަކުން ގަބޫލުކުރާގޮތުގައި މިހާތަނަށް ހިޒްބުﷲއިން އިޒްރޭލަށް ހަމަލާތައް ދެމުންގެންދިޔައީ އިޒްރޭލު ފައުޖުތައް ޣައްޒާގެ ބިމަށް ވަދެގަތުން ހުއްޓުވައި އިޒްރޭލުގެ ފައުޖުތައް ބައިބައި ކޮށްލުމުގެ ނިޔަތުގައެވެ.

އެހެން ނަމަވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ލުބުނާނު ފަޅިން ހިޒްބުﷲގެ ހަމަލާތައްވެސް ވަރުގަދަވެފައިވާއިރު އިޒްރޭލު ސިފައިން މިވަނީ ހިޒްބުﷲ ހަނގުރާމަވެރިންގެ ހަ މީހަކު މަރާލާފައެވެ.

މިއާއެކު ހިޒްބުﷲ ޖަމާއަތުން އެ ޖަމާއަތުގެ ފުރިހަމަ ބާރާއެކު ހަނގުރާމައިގެ ތެރެއަށް ވަދެދާނެ ކަމުގައި މިހާރު މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ނަމަވެސް ހިޒްބުﷲއިން ރަސްމީ ސިފައެއްގައި އެފަދަ ކަމެއް އިއުލާނުކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މީގެ ދެ ދުވަސްކުރިންއެ ޖަމާއަތުން ބުނެފައިވަނީ އެމީހުން ތިބީ ހަނގުރާމައިގެ ތެރޭގައި ކަމަށާއި އިޒްރޭލުގެ ނިމުން ހިތިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް