ދައުލަތުގެކަންކަން ހިންގަންނޭގިގެން ޤައުމު ބަނގުރޫޓުގެ މަގަށްފުރޮޅެންފެށީމައި ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫންކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކާއި ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ކުރީޒަމާނުގައި ކަތީބުން ތިބޭހެން ރައީސަކާއި ނައިބުރައީސަކުން ކުދި ރަށްތަކަށް ފުދޭނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ މިހާރު އަތޮޅު ކައުންސިލްތައް މިހާރު އިންތިޚާބުކުރާގޮތަކީ އެއްވެސް މާނައެއްއޮތް ގޮތެއް ނޫންކަމުގައި ވިދާޅުވިއެވެ. އަދި ރައީސް އިންތިޚާބާއި މަޖިލިސް އިންތިޚާބާއި ދެ އިންތިޚާބު އެއްކޮށްލާ ވާހަކަވެސް ރައީސް ރޭގައި ދެންނެވިއެވެ.
އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ އާންމުހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންކަން ހިންގުމުގެ ބާރު އެ ފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް