ހޯނޑެއްދޫގައި ވަޅުލާފައި ހުއްޓާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާކަމަށް ފުލުހުން މިއަދު ބުނެފައިވާއިރު އެ މައްސަލަ ގުޅެނީ، ނިޔާވެފައިވާ އަބްދުﷲ ރަޝީދުވެސް ހިމެނޭ މައްސަލައިގާ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު ދެންމެ ވިދާޅުވީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރެވުނު ގދ. ހޯޑެއްދޫ، ސްވެން ޢަބްދުﷲ ރަޝީދު ފުލުހުންގެ ހައްޔަރަށް ގެނެވިފައިހުއްޓާ ނިޔާވުން އެއީ ވަރަށް ހިތާމަވެރިކަމެއް ކަމަށާއި ފުލުހުންގެ އިހުމާލެއް އޮތްތޯބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެވޭނެ ކަމަށެވެ.
އެއަށްފަހު ސީޕީ ވިދާޅުވީ މިމައްސަލައާއި ގުޅިގެން ހައްޔަރުކުރެވުނު އެހެން ފަރާތެއް ގދ. ހޯޑެއްދޫ ވަލުތެރޭގައި ވަޅުލައި ފޮރުވާފައިހުރި ގިނައަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ޓީމުންވަނީ ހޯދާފައި ކަމަށާއި ގދ. ހޯޑެއްދޫގެ އެހެނިހެން ތަންތަން ކުރިއަށް އޮތްވަގުތުތަކުގައި ފުލުހުން ބަލާފާސްކުރާނެ ކަމަށެވެ.
https://twitter.com/M_Hameedh/status/1585868456636735488
https://twitter.com/dhuvasmv/status/1585867664735477761
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް